ކ. މާލެ
|
19 އޯގަސްޓް 2020 | ބުދަ 12:11
ވ. ތިނަދޫ
ވ. ތިނަދޫ
-
ވ.ތިނަދޫއިން ކޮވިޑް ކޭސް ފެނުން
ވ. ތިނަދޫ ފުރަބަންދު ކަރަންޓީންގައި ތިބި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ!
އެ ދެ މީހުންނަކީ ފުރަބަންދު ކަރަންޓީންގައި ތިބި ދެ މީހުން
ޕޮޒިޓިވްވެފައިވަނީ 36 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ އަންހެނެއް
ޕޮޒިޓިވްވި މީހުން ކަރަންޓީން އުސޫލުތަކާއި ހިލާފުވެފައި ނުވާނަމަ، ރަށްތައް މޮނިޓަރިންގ ހާލަތައް ނުލާނެ

ވ. ތިނަދޫ ފުރަބަންދު ކަރަންޓީންގައި ތިބި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްއީއޯސީން ބުނީ، ފުރަބަންދު ކަރަންޓީނުން ދޫކޮށްލުމަށް ޓެސްޓް ކުރި ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްވެ، 36 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ އަންހެނަކު ވ. ތިނަދޫއިން ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެޗްޕީއޭއިން އެންމެ ފަހުން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އައްޑޫސިޓީގެ ހިތަދޫ އަދި ފޭދޫ ހިމެނޭ ގޮތަށް ޖުމްލަ 19 ރަށަކުން ވަނީ ކޮވިޑްގެ ކޭސްތައް ފެނިފައެވެ. ވ. އަތޮޅު ކެޔޮދޫއިން ކޮވިޑަށް ޕޮޒިޓިވްވެ ލޮސްޓުގައި އެ ރަށްވެސް ހިމެނެއެވެ. ތިނަދޫއިން 2 މީހަކު ޕޮޒިޓިވްވުމާއި އެކު ވ އަތޮޅުގެ ދެ ރަށަކުން ވަނީ ކޮވިޑްގެ ކޭސްތައް ފެނިފައެވެ. އެޗްޕީއޭއިން އެންމެ ފަހުން އާންމު ކޮށްފައިވާ އުސޫލުގައި ވާގޮތުން، ޕޮޒިޓިވް ކޭސްތައް ހުރިހާ ރަށެއްގައިވެސް މާސްކް އެޅުން މަޖުބޫރެވެ.

އެޗްއީއޯސީން މީގެކުރިން ބުނެފައިވަނީ، މި ހާލަތުގައި ރަށްތަށް މޮނީޓަރިންގ ހާލަތަށް ބަދަލު ކުރާނީ ޕޮޒިޓިވްވި މީހުންގެ ތެރެއިން ހޯމް ކަރަންޓީނުގައި ތިބި ފަރާތްތައް، ކަރަންޓީނުވުމުގެ ގަވާއިދާއި ހިލާފުވެފައިކަން ފާހަގަކުރެވިއްޖެނަމަ ކަމަށެވެ. އަދި ފުރަބަންދުން ދޫކޮށްލާ ސާމްޕަލް ޕޮޒިޓިވްވިޔަސް، އެ ފަރާތަކީ ހައި ރިސްކް ކެޓެގެރީއަށް ނުފެތޭ މީހެއް ކަމުގައިވާނަމަ ކަރަންޓީން ފެސިލިޓީއަކަށް ނުގެންދާނެކަމަށް ވެސް އެޗްއީއޯސީން ވަނީ ބުނެފައެވެ.

އެނޫން ހާލަތެއްގައި ރަށް މޮނީޓަރިންގ ހާލަތައް ބަދަލުނުކުރާނެ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

- ކޮމެންޓް