ކ. މާލެ
|
18 އޯގަސްޓް 2020 | އަންގާރަ 14:10
ކޮވިޑް-19 ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން
ކޮވިޑް-19 ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން
އެމްއެންޑީއެފް
ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވުން
ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ރާއްޖެއިން ނިޔާވެއްޖެ، މިއީ 24 ވަނަ މަރު
ނިޔާވީ އުމުރުން 41 އަހަރުގެ އަންހެނެއް
އެމީހާ ނިޔާވީ އަންގާރަ ދުވަހުގެ ހެނދުނު 09:34 ހާއިރު، އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް
މިއީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި ދެވަނަ މީހާ

ކޮވިޑް-19 ޖެހިގެން އުމުރުން 41 އަހަރުގެ އަންހެނަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އޭނާ ނިޔާވީ އަންގާރަ ދުވަހުގެ ހެނދުނު 09:34 ހާއިރު، އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 24ށް އަރާފައެވެ. އަދި މިއީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި ދެވަނަ މީހާއެވެ. ނިޔާވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އެގޮތުން 18 ދިވެހިންނާއި، 6 ބިދޭސީން ހިމެނެއެވެ.

އެޗްޕީއޭއިން އެންމެ ފަހުން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިވަގުތު ފަރުވާ ދެމުން ދަނީ 2،389 މީހަކަށެވެ. އަދި މީގެ ތެރެއިން 138 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.

- ކޮމެންޓް