ކ. މާލެ
|
16 އޯގަސްޓް 2020 | އާދީއްތަ 08:39
ރައީސް ޓްރަމްޕް ކޮއްކޯފުޅު ރޮބަރޓް ޓްރަމްޕާއެކު 1999 ގައި ނަންގަވާފައިވާ ފޮޓޯއެއް
ރައީސް ޓްރަމްޕް ކޮއްކޯފުޅު ރޮބަރޓް ޓްރަމްޕާއެކު 1999 ގައި ނަންގަވާފައިވާ ފޮޓޯއެއް
ނިއުޔޯކް ޓައިމްސް
ޓްރަމްޕްގެ ކޮއްކޯފުޅު އަވަހާރަވުން
ޓްރަމްޕްގެ ކޮއްކޯފުޅު އަވަހާރަވެއްޖެ
އަވަހާރަވެފައިވާއިރު އުމުރުފުޅުން 72 އަހަރު
އެއީ އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ
ރޮބަރޓް ގެންދެވީ ސީރިއަސް ސިއްޙީ މައްސަލަތަކެއް ތަހައްމަލު ކުރައްވަމުން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކޮއްކޯފުޅު ރޮބަރޓް ޓްރަމްޕް އަވަހާރަވެއްޖެއެވެ.

ވައިޓްހައުސްއާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ހޮނިހިރު ދުވަހުގެރޭ ޓްރަމްޕްގެ އެންމެ ހަގު ކޮއްކޯފުޅު ރޮބަރޓް ޓްރަމްޕް އަވަހާރަވެފައިވާއިރު އުމުރުފުޅަކީ 72 އަހަރެވެ. ރޮބަރޓްއަކީ ޓްރަމްޕްގެ ރިއަލް-އެސްޓޭޓް އިންވެސްޓްމަންޓުތަކުގެ ކަންކަން ބެލެހެއްޓެވުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ފަރާތެވެ.

ރޮބަރޓް އަވަހާރަވުމާ ގުޅިގެން ޓްރަމްޕް ދެއްވި ބަޔާނެއްގައި ވިދާޅުވީ، ރޮބަރޓްއަކީ ހަމައެކަނި އެމަނިކުފާނުގެ ކޮއްކޯފުޅު ނޫން ކަމަށާއި، އެއީ އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ ކަމަށެވެ. އެގޮތުން ހުކުރު ދުވަހުވެސް ރައީސް ޓްރަމްޕް ނިއުޔޯކްގައި ހުންނަ ހޮސްޕިޓަލަށް ވަޑައިގެން ރޮބަރޓްގެ ޙާލު ބެއްލެވި ކަމަށް ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުން ރޮބަރޓް ގެންދެވީ ސީރިއަސް ސިއްޙީ މައްސަލަތަކެއް ތަހައްމަލު ކުރައްވަމުންނެވެ. އެހެން ނަމަވެސް، އެއީ ސީދާ ކޮން މައްސަލަތަކެއް ކަމެއް ސާފެއް ނުވެއެވެ.

ނިއުޔޯކް ޕޯސްޓުގައި ރިޕޯޓް ކޮށްފައިވާ ގޮތުން ޖޫން މަހު ރޮބަރޓް ވަނީ މަންހެތަން މައުންޓް ސިނާއީ ހޮސްޕިޓަލުގައި ހަފްތާއެއް ވަންދެން އައިސީޔޫގައިވެސް އޮންނަވާފައެވެ.

- ކޮމެންޓް