ކ. މާލެ
|
16 އޯގަސްޓް 2020 | އާދީއްތަ 12:02
އިންޑިއާގައި ކޮވިޑް-19 ގެ ރެންޑަމް ސާމްޕަލް ނަގަނީ- އިންޑިއާއިން 2.5 މިލިއަން މީހުން ވަނީ ޕޮޒިޓިވްވެފައި
އިންޑިއާގައި ކޮވިޑް-19 ގެ ރެންޑަމް ސާމްޕަލް ނަގަނީ- އިންޑިއާއިން 2.5 މިލިއަން މީހުން ވަނީ ޕޮޒިޓިވްވެފައި
ދި ގާޑިއަން
ކޮވިޑް-19 އިންޑިއާގެ ޙާލަތު
އިންޑިއާއިން ކޮވިޑު ޖެހިގެން މަރުވި މީހުންގެ އަދަދު ބައިލައްކައަށް!
ބްރެޒިލް އަދި މެކްސިކޯގައިވެސް މަރުވި މީހުންގެ އަދަދުތައް އުޅެނީ ބައިލައްކައަށްވުރެ މަތީގައި
މަރުވި މީހުންގެ އަދަދު ބައިލައްކައަށް އަރަން ހޭދަވި މުއްދަތުވެސް އިންޑިއާގައި ގިނަ
އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދަކީ 2,587,872

އަވައްޓެރި އިންޑިއާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ބައިލައްކައަށް އަރައިފިއެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިންޑިއާއިން 2.5 މިލިއަން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، މަރުވި މީހުންގެ އަދަދު ހޮނިހިރު ދުވަހު ވަނީ 50،084ށް އަރާފައެވެ. އެއާއެކު އިންޑިއާ ވެފައިވަނީ މުޅި ދުނިޔެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ބައިލައްކައަށް އަރާފައިވާ 4 ވަނަ ޤައުމަށެވެ.

އިންޑިއާގެ އިތުރުން، އެމެރިކާ، ބްރެޒިލް އަދި މެކްސިކޯގައިވެސް މަރުވި މީހުންގެ އަދަދުތައް އުޅެނީ ބައިލައްކައަށްވުރެ މަތީގައެވެ.

އެހެންނަމަވެސް، އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ ޖުމުލަ ނިސްބަތަށް ބަލާއިރު، އެހެން ޤައުމުތަކަށްވުރެ އިންޑިއާގައި މަރުވި މީހުންގެ ނިސްބަތް ދަށްކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އޭގެން ދޭހަވަނީ އިންޑިއާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދުތައް އެހެން ޤައުމުތަކާ އަޅާބަލާއިރު، ރަނގަޅަށް ކޮންޓްރޯލް ކުރެވޭކަން ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ.

އޭގެ އިތުރުން، އެހެން ޤައުމުތަކާ އަޅާބަލާއިރު، މަރުވި މީހުންގެ އަދަދު ބައިލައްކައަށް އަރަން ހޭދަވި މުއްދަތުވެސް އިންޑިއާގައި ގިނަ ކަމަށް ރިޕޯޓްތައް ބުނެއެވެ

އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދަކީ 2,587,872 އެވެ.

- ކޮމެންޓް