ކ. މާލެ
|
15 އޯގަސްޓް 2020 | ހޮނިހިރު 14:41
ޓޮޓެންހަމަށް ކުޅެމުން އައި ބެލްޖިއަމްގެ ޑިފެންޑަރު ޔެން ވަޓޮންގަން
ޓޮޓެންހަމަށް ކުޅެމުން އައި ބެލްޖިއަމްގެ ޑިފެންޑަރު ޔެން ވަޓޮންގަން
ގެޓީ އިމޭޖަސް
ވަޓޮންގަން ބެންފީކާއަށް ބަދަލުވުން
ޓޮޓެންހަމްގެ ޑިފެންޑަރު ވަޓޮންގަން ބެންފީކާއަށް
ވަޓޮންގަން ބެންފީކާއާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން
ވަޓޮންގަން ވަނީ ބެންފީކާ އާއެކު ތިން އަހަރުގެ އެއްބަސްވުމެއް ހަދާފައި

ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އައި ބެލްޖިއަމްގެ ޑިފެންޑަރު ޔެން ވަޓޮންގަން ބެންފީކާއަށް ބަދަލުވެއްޖެއެވެ.

ޓޮޓެންހަމްގައި 8 އަހަރު ހޭދަކުރުމަށްފަހު އުމުރުން 33 އަހަރުގެ ވަޓޮންގަން ބެންފީކާއަށް ބަދަލުވިއިރު، އޭނާ ޓޮޓެންހަމާއެކު ހަދާފައި އޮތް އެއްބަސްވުން ވަނީ ހަމަވެފައެވެ. އެހެންކަމުން ވަޓޮންގަން ބެންފީކާއާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އަދި ވަނީ ބެންފީކާ އާއެކު ތިން އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ.

މީގެ ކުރިން އަޔަކްސްއަށް ކުޅުނު ވަޓޮންގަން ޓޮޓެންހަމާ ގުޅުނީ 2012 ވަނަ އަހަރުގެ ތެރޭގައެވެ. ޓޮޓެންހަމަށް 315 މެޗު ކުޅެދީފައިވާ ވަޓޮންގަންއަށް ޓޮޓެންހަމާއެކު ބޮޑު ކާމިޔާބީއެއް ހޯދިފައި ނުވި ނަމަވެސް، އޭނާ ވަނީ 2018-2019 ވަނަ އަހަރުގެ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޓޮޓެންހަމް ވާދަކުރިއިރު، އެޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މުޅިން އަލަށް ޓޮޓެންހަމުން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކުރިއިރު، އެފަހަރު ފައިނަލްގައި ޓޮޓެންހަމް ބަލިވީ ލިވަޕޫލް އަތުންނެވެ.

އަދި ވަޓޮންގަން ވަނީ 2014-2015 ވަނަ އަހަރުގެ އިނގިރޭސި ލީގު ކަޕްގެ ފައިނަލްގައި ޓޮޓެންހަމް ވާދަކުރިއިރު، އެފަހަރުވެސް ޓީމުގެ ފަހަތުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެފަހަރުގެ ފައިނަލުން ޓޮޓެންހަމް ބަލިވީ ޗެލްސީ އަތުންނެވެ.

އަންނަ ސީޒަނަށް ވަޓޮންގަން ބެންފީކާއަށް ބަދަލުވިއިރު، އެޓީމުން ވަނީ މި ސީޒަނުގެ ޕޯޗުގީޒް ލީގުގެ ދެވަނަ ހޯދާފައެވެ. އަދި ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކޮލިފައިންގ ބުރުން ފުރުސަތު ހޯދާފައެވެ.

ވަޓޮންގަންގެ އިތުރުން ބެންފީކާއިން ވަނީ އަންނަ ސީޒަނަށް ޖަރުމަންގެ ފޯވާޑް ލޫކާ ވޯލްޑްޝްމިޓް އާއި ބްރެޒިލްގެ ފޯވާޑް އެވަޓަންގެ ސޮއި ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް