ކ. މާލެ
|
14 އޯގަސްޓް 2020 | ހުކުރު 15:13
ބްރެޒިލްގެ ފޯވާޑް ވިލިއަން: ވިލިއަން އާސެނަލަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުން
ބްރެޒިލްގެ ފޯވާޑް ވިލިއަން: ވިލިއަން އާސެނަލަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުން
ގެޓީ އިމޭޖަސް
ވިލިއަން އާސެނަލަށް ބަދަލުވުން
ހިލޭ ޓްރާންސްފާއެއްގެ ދަށުން ވިލިއަން އާސެނަލަށް ބަދަލުވެއްޖެ
ވިލިއަން ވަނީ ވަނީ އާސެނަލާއެކު ތިން އަހަރުގެ އެއްބަސްވުމެއް ހަދާފައި
ވިލިއަން އަކީ އާސެނަލުން ފާރަލަމުން އައި އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށް އާޓެޓާ ބުނި

ޗެލްސީގައި މޮޅު ކުޅުމެއް ދައްކަމުން އައި ބްރެޒިލްގެ ފޯވާޑް ވިލިއަން ޗެލްސީ ދޫކޮށް އާސެނަލަށް ބަދަލުވެއްޖެއެވެ.

އުމުރުން 32 އަހަރުގެ ފޯވާޑް އާސެނަލަށް ބަދަލުވީ ޗެލްސީއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ހަމަވުމާއެކު ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އަދި އޭނާ ވަނީ އާސެނަލާއެކު ތިން އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ވިލިއަން އަކީ އާސެނަލުން ފާރަލަމުން އައި އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށާއި، ވިލިއަން އާއެކު އާސެނަލްގެ ފޯވާޑް ލައިން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށެވެ. އަދި ވިލިއަން އަކީ ތަފާތު މަގާމުތަކަށް ކުޅުމުގެ ހުނަރު ލިބިފައިވާ ކުޅުންތެރިއެއް ކަމަށާއި، އޭގެ ފައިދާ އާސެނަލަށް ކުރާނެ ކަމަށްވެސް ބުންޏެވެ.

ވިލިއަން އާސެނަލަށް ބަދަލުވިއިރު، އޭނާގެ އެއްބަސްވުން އާކުރަން ޗެލްސީން ވަނީ މަސައްކަތް ކޮށްފައެވެ. އެކަމަކު ވިލިއަން ޗެލްސީގެ އެއްބަސްވުމަށް ދެކޮޅު ހެދީ އޭނާއަށް ކުރު މުއްދަތެއްގެ އެއްބަސްވުމެއް ޗެލްސީން ހުށަހެޅުމުންނެވެ.

ބްރެޒިލްގެ ކޮރިންތިއަންސްއިން ކެރިއަރު ފެށި ވިލިއަން ޗެލްސީއާ ގުޅުނީ 2013 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ ޗެލްސީއަށް ކުޅުނު 339 މެޗުގައި 63 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި ވަނީ ޗެލްސީއާއެކު އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރު، އެފްއޭ ކަޕް އެއް ފަހަރު އަދި ލީގު ކަޕް އެއް ފަހަރު ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް
15 އޯގަސްޓް 2020 | ހޮނިހިރު 12:12
އިއްބެ
މަރުޙަބާ ވިލިއަން އުއްމީދުކުރަން ވިލިއަންގެ ފަރާތުން މޮޅުކުޅުމެން ފެންނާނެ ކަމައް
15 އޯގަސްޓް 2020 | ހޮނިހިރު 12:08
މަރުހަބާ ވިލިިިިއަން އުއްމީދު ކުރަން ވިލިއަންގެ މޮޅުކުޅުމާ އެކު އާސެނަލް އަށް ގިނަ ކާމިޔާބު ތަކެއް ހޯދަ ދޭނެކަމައް