ރަސްމީ ދަތުރުފުޅެއްގައި ބުދަ ދުވަހު ރާއްޖެ ޥަޑައިގެންނެވި އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ. ސްބްރަމާނިޔަމް ޖައި ޝަންކަރު ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއާއި ބައްދަލު ކުރައްވައިފިއެވެ.
ރައީސް އަބްދުﷲ ޔާމީން އިންޑިއާގެ ފޮރިން ސެކްރެޓަރީއާ ބައްދަލު ކުރެއްވީ ބުރާސްފަތި ދުވަހު ހެނދުނު ރައީސުލްޖުމްހޫރީއްޔާގެ އޮފީހުގައެވެ.
ރައީސް އަބްދުﷲ ޔާމީންއާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ބައްދަލު ކުރެއްވި ނަމަވެސް އޭގެ ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ. މީގެއިތުރުން ޖައިޝަންކަރު ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ މުހައްމަދު އާސިމްއާ ވެސް ބައްދަލު ކުރައްވާފައެވެ.
ޖައިޝަންކަރުގެ ދަތުރުފުޅާއި ބެހޭ ގޮތުން އިންޑިއާއިން ވެސް ރާއްޖެއިން ވެސް ރަސްމީ ސިފައެއްގައި އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ އެ ދަތުރަކީ ރަސްމީ ދަތުރެއް ކަމަށް ބުނެފައެވެ..
އިންޑިޔާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގަންނަވާފައި މިވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހް ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ ދުވަސްވަރެއްގައެވެ. އެގޮތުން އިދިކޮޅު ގުޅިފައިވާ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ދެމެންބަރުން ކަމަށްވާ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމާއި ނައިބު ލީޑަރ ޢަބްދުﷲ ރިޔާޒްގެ މައްޗަށް ދައުވާތަކެއް ކޮށް މައްސަލަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައިވަނީ ކުރިއަށޑް ގެންގޮސްފައެވެ.