އިނގިރޭސިވިލާތުން އެމެރިކާގެ ކުންފުންޏެއްކަމަށްޗާ ނޮވޭވެކްސް އިން އުފައްދާ ކޮވިޑް-19 ވެކްސިންގެ 60 މިލިއަން ޑޯޒް ގަތުމަށް ހަމަޖެހިފައިވާކަމަށް ނޮވޭވެކްސް އިން ބުނެފި އެވެ.
އެކުންފުނިން ބުނީ ފޭސް ތިނެއްގެ ކްލިނިކަލް ޓްރެއަލްތައް ކުރިޔަށް ގެންދާނީ އިނގިރޭސިވިލާތުގައި ކަމަށެވެ. އެގޮތުން ނޮވޭވެކްސް އާއި އިނގިރޭސި ސަރުކާރުން ގުޅިގެން މި ވެކްސިންގެ ޓްރެއަލް އިނގިރޭސވިވިލާތުގައި ކުރިޔަށް ގެންދާނެ ކަމަށް ނޮވޭވެކްސް އިން ބުނެއެވެ. އެހެންނަމަވެސް މި އެއްބަސްވުމަށް ހޭދަވާ ޚަރަދެއް ނޮވޭވެކްސް އިން ބުނެފައެއް ނުވެއެވެ.
ޓްރެއަލްގައި ދިރާސާކުރާނީ 18 އަހަރާއި 85 އަހަރާ ދެމެދުގެ 9000 މީހުންނަށް ވެކްސިން ދީގެންނެވެ.
ނޮވޭވެކްސް އިން ފުޖި ފިލްމާއެކު ވަނީ ވެކްސިންގެ އެންޓިޖެން އުފެއްދުމަށް އެއްބަސްވުމެއް ހަދާފައެވެ. ނޮވޭވެކްސިން އިން އަންނަނީ ޖެނުއަރީ މަހު 100 މިލިއަން ޑޯޒް އެމެރިކާއަށް ދިނުމަށް މަސައްކަތްތައް ކުރަމުންނެވެ. އެމެރިކާ ސަރުކާރުން ވަނީ ނޮވޭވެކްސިން އާއެކު 1.6 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކާ ހަމައަށް އައިސްފައެވެ. އެއީ ޓެސްޓް ކުރުމާއި ވެކްސިނެއް އުފެއްދުމަށެވެ.
މިހާތަނަށް އައިއިރު ކޮވިޑް-19 އަށް ވެކްސިން އުފެއްދުމަށް ނޮވޭވެކްސިން އަށް 2 ބިލިއަން ޑޮލަރު ލިބިފައެވެ.
ނޮވޭވެކްސިން އިން އިނގިރޭސިވިލާތަށް ޑޯޒްތައް ދޭންފަށާނީ އަންނަ އަހަރުގެ ފުރަތަމަ ކުއަރޓަރގައެވެ. ފޭސް ތިނެއްގެ ޓްރެއަލްތައް މިއަހަރުގެ ފަހު ތިން މަސް ދުވަސްތެރޭ ފަށާނެ ކަމަށް ނޮވޭވެކްސިން އިން ބުނެއެވެ.
އިނގިރޭސިވިލާތާއި އެމެރިކާއިން އަންނަނީ ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެންނަމަވެސް އަދި މިހާތަނަށް އައިއިރު މިއިން އެއްވެސް ވެކްސިނެއް ބޭނުން ކުރަން ފެށުމަށް ހުއްދަ ލިބިފައެއް ނުވެއެވެ.