ކ. މާލެ
|
13 އޯގަސްޓް 2020 | ބުރާސްފަތި 18:57
ރެއާލް މެޑްރިޑްގެ ޒުވާން މިޑްފިލްޑަރ މާޓިން އޮޑެގާޑް
ރެއާލް މެޑްރިޑްގެ ޒުވާން މިޑްފިލްޑަރ މާޓިން އޮޑެގާޑް
ގެޓީ އިމޭޖަސް
އޮޑެގާޑް ރެއާލަށް ބަދަލުވުން
އޮޑެގާޑް އެނބުރި ރެއާލަށް
އޮޑެގާޑަށް ޔޫރަޕްގެ ގިނަ ކްލަބްތަކަކުން އަންނަނީ ފާރަލަމުން
އޮޑެގާޑް އަނބުރާ ގެނައީ އެޓީމުގެ ކޯޗު ޒިނެދިން ޒިދާން އެކަމަށް އެދުމުން

ލޯނު އެއްބަސްވުމެއް ދަށުން ރެއާލް ސޮސިއެޑާޑަށް ކުޅެމުން އައި ނޯވޭގެ މިޑްފީލްޑަރު މާޓިން އޮޑެގާޑް އެނބުރި ރެއާލް މެޑްރިޑާ ގުޅިއްޖެއެވެ.

އުމުރުން 21 އަހަރުގެ އޮޑެގާޑަށް ޔޫރަޕްގެ ގިނަ ކްލަބްތަކަކުން ފާރަލަމުން އަންނައިރު، އޮޑެގާޑަކީ މުސްތަގުބަލުގައި ސްޕެނިޝް ލީގުގައި ފިޔަ ޖަހާނެ ކުޅުންތެރިއެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ރެއާލުން އޮޑެގާޑް އަނބުރާ ގެނައީ އެޓީމުގެ ކޯޗު ޒިނެދިން ޒިދާން އެކަމަށް އެދުމުންނެވެ.

ސޮސިއެޑާޑުން ނެރުނު ބަޔާނެއްގައި ވަނީ އޮޑެގާޑް އެޓީމަށް ކުޅެދިން ކުރު މުއްދަތުގެ ތެރޭގައި މޮޅު ކުޅުމެއް ދައްކައި އެޓީމުގެ ކޯޗުންނާއި، ސަޕޯޓަރުންގެ ލޯބި ހޯދާފައިވާ ކަމަށް ބުނެފައެވެ.. އަދި އޮޑެގާޑަށް އިތުރު ކާމިޔާބީއަށް އެދޭކަމަށްވެސް ވަނީ ބުނެފައެވެ.

އޮޑެގާޑް ބުނީ ނިމިދިޔަ ސީޒަނަކީ އޭނާއަށް ކާމިޔާބު ސީޒަނެއް ކަމަށާއި، ސޮސިއެޑާޑްގެ ކުޅުންތެރިންނާއި، ކޯޗުންގެ އިތުރުން މެނޭޖްމަންޓުން ދިން އެއްބާރުލުމަށް ޝުކުރުއަދާކުރާ ކަމަށެވެ.

މީގެ ކުރިން ރެއާލްގެ ޒުވާން ޓީމަށްވެސް ކުޅެދިން އޮޑެގާޑް ރެއާލްގެ ސީނިއާ ޓީމާ ގުޅުނީ 2015 ވަނަ އަހަރުގައެވެ. އަކަމަކު ރެއާލާއެކު އޮޑެގާޑް މިހާތަނަށް ފެނިގެންދިޔައީ އެންމެ ދެ މެޗުންނެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން އޮޑެގާޑް ސޮސިއެޑާޑަށް ބަދަލުވީ މިދިޔަ ސީޒަނުގައެވެ. އޭނާ ވަނީ ސޮސިއެޑާޑަށް ކުޅެދިން 36 މެޗުގައި ހަތް ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް