ކ. މާލެ
|
12 އޯގަސްޓް 2020 | ބުދަ 07:08
އެޗްޕީއޭގެ ލަފަޔާއި އެއްގޮތަށް އެޅުނު ފިޔަވަޅެއް ކަމަށް އެފް އެސް އެމް އިޒީފިލްއިން ބުނޭ
އެޗްޕީއޭގެ ލަފަޔާއި އެއްގޮތަށް އެޅުނު ފިޔަވަޅެއް ކަމަށް އެފް އެސް އެމް އިޒީފިލްއިން ބުނޭ
ރާއްޖެއެމްވީ
އެފް އެސް އެމް އިޒީފިލްގެ ޚިދުމަތް
އެފްއެސްއެމް އީޒީފިލް 2 އަދި 4 އަކުން ހަމައެކަނި ކާޑުން ފައިސާ ދައްކާ ގޮތަށް ހަމަޖައްސައިފި
އީޒީފިލް 3 ހުޅުމާލެއިން ނަގުދު ފައިސާ އަދި ކާޑުން ފައިސާ ދެއްކޭނެ
މިއީ ރައްކާތެރިވުމަށް އެޅިފިޔަވަޅެއް

އެފްއެސްއެމް އިޒީފިލް 2 އަދި 4 އަކުން ހަމައެކަނި ކާޑުން ފައިސާ ދައްކާ ގޮތަށް ހަމަޖައްސައިފިއެވެ.

އެފްއެސްއެމް އިން ބުނީ ހޯމަ ދުވަހުން ފެށިގެން އެފްއެސްއެމްގެ އީޒީފިލް 2 (ކާނިވާ ސަރަހައްދު) އަދި އީޒީފިލް 4 (މާލޭ އިންޑަސްޓްރިއަލް ވިލެޖް) އިން ފައިސާ ބަލައިގަންނާނީ ހަމައެކަނި ކާޑުން ކަމަށެވެ.

ނަމަވެސް އެފްއެސްއެމްގެ އީޒީފިލް 1 (ސްޓެލްކޯ ސަރަހައްދު) އަދި އީޒީފިލް 3 ހުޅުމާލެ (ހުޅުމާލެ) އިން ނަގުދު ފައިސާ އަދި ކާޑުން ފައިސާ ދެއްކޭނެ ކަމަށް އެފްއެސްއެމް އިން ބުނެފައިވެއެވެ.

އެފްއެސްއެމް އިން ބުނީ މި ބަދަލު ގެނެވުނީ ކޮވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފަޔާއި އެއްގޮތަށް ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި އެޅުނު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

- ކޮމެންޓް