Advertisement
ކ. މާލެ
|
13 އޭޕްރިލް 2017 | ބުރާސްފަތި 19:32
ރައީސުލްޖުމްހޫރިއްޔާ ޔާމީން އަދި ކުރީގެ ރައީސް މައުމޫން
ރައީސުލްޖުމްހޫރިއްޔާ ޔާމީން އަދި ކުރީގެ ރައީސް މައުމޫން
ގޫގުލް
ރައީސް މައުމޫން
އެލްޖީއޭ ބޯޑު ރައީސް ޔާމީންގެ ބާރުގެ ދަށަށް ގެންދިއުމުން ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި
އޭލްޖީއޭގެ ބޯޑު ސީދާ ރައީސް ޔާމީންގެ ބާރު ހިނގާގޮތަށް ހުށަހެޅި އިސްލާހު މިހާރު މަޖިލީހުން އެވަނީ ފާސްކޮށްފަ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ މުށުތެރެއަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު ގެންދިއުމާ ގުޅިގެން ކުރީގެ ރައީސް އަދި ޕީޕީއެމް ރައީސް މައުމޫން އަބްދުލްގައްޔޫމް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ރައީސް މައުމޫން ބުދަ ދުވަހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެލްޖީއޭގެ ބޯޑު ސަރުކާރުގެ މުށުތެރެއަށް ގެންދިއުމަކީ ހިންގުމުގެ ބާރު މަރުކަޒީކުރުން ކަމަށާއި އެކަމުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް އެ މީހުން އަމިއްލަ ކަންކަމުގައި ބަސްބުނުން ގެއްލިގެންދާނެ ކަމަށެވެ. 

އެލްޖީއޭގެ ބޯޑު ބަދަލުކުރުމުގެ އިސްލާހު މަޖިލީހުން ފާސްކުރީ ބުދަ ދުވަހު އެވެ. 

ސަރުކާރުން ހުށަހަޅައި ފާސްކުރި އިސްލާހުގައިވާ ގޮތުން މިހާރު ނުވަ މެމްބަރުން ތިއްބަވާ އެލްޖީއޭގެ ބޯޑު ފަސް މެމްބަރުންނަށް މަދުވެގެންދާނެ އެވެ. އެ ފަސް މެމްބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރަކާއި ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި މަދަނީ ޖަމްއިއްޔާއެއްގެ މެމްބަރަކާއި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރެއްގެ އިތުރުން ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އެވެ.

އެ އިސްލާހުގައިވާ ގޮތުން ރައީސް ކަނޑައަޅުއްވާ މިނިސްޓަރާއި ސީއީއޯ އައްޔަންކުރުމާއި ވަކިކުރުމުގެ ފުރިހަމަ ބާރު ދީފައި ވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އަށެވެ. އަދި އެ ބޯޑުގައި ދެން ތިއްބަވާ ތިން މެމްބަރުން އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވާނީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ.

އެލްޖީއޭ ބޯޑުގެ މެމްބަރުންނަށް ދެވޭ އިނާޔަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބުނެފައިވާ އިރު، އެ ބޯޑުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
13 އޭޕްރިލް 2017 | ބުރާސްފަތި 23:17
ޑަންހިލް މޭން
ސިހުރު ހެދުމަކީ ހާދަހާ ވާ ނުބައިކަމެކެވެ .! ހައްގު ޖަޒާ ދެއްވާނެ ކަމާ މެދު ސުވާލެއްވެސް ނުއުފެދެއެވެ.