Advertisement
ކ. މާލެ
|
13 އޭޕްރިލް 2017 | ބުރާސްފަތި 19:06
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ޕޮލިޓިކަލް އެޑްވައިޒަރު މުހައްމަދު ތައުފީގު (ޓޯޕީ) އަބުރު ފަންޑަށް ފައިސާ ލަނީ
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ޕޮލިޓިކަލް އެޑްވައިޒަރު މުހައްމަދު ތައުފީގު (ޓޯޕީ) އަބުރު ފަންޑަށް ފައިސާ ލަނީ
ރާއްޖެއެމްވީ
އަބުރުފުޅު ފަންޑް
ރާއްޖެ ޓީވީގެ ދިފާއުގައި އެންމެން ނުކުންނަންޖެހޭ: އަހުމަދު ތައުފީގު
ރާއްޖެޓީވީ ކުރި ޖޫރިމަނާ އިންސާފުވެރިއެއް ނޫން
ރާއްޖެޓީވީއަކީ އިންސާފުވެރިކަމާއެކު ހަމަހަމަކޮށް ހަބަރު ގެނެސްދޭ ޓީވީއެއް
ުކުރުން ވެސް ރާއްޖެ ޓީވީ 200،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވޭ

މިނިވަން މީޑިއާ އަކާ ނުލައި ޑިމޮކްރަސީ ދެމިއެއް ނޯންނާނެ ކަމަށާއި އެ އަސާސްތައް ހިފެހެއްޓުމަށްޓަކައި ކޮންމެ މީހަކު ވެސް ރާއްޖެ ޓީވީގެ "އަބުރުފުޅު ފަންޑަށް" އެހީތެރިވާންޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ޕޮލިޓިކަލް އެޑްވައިޒަރ މުހައްމަދު ތައުފީގު (ޓޯޕީ) ވިދާޅުވެއްޖެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ އަބުރަށް އަރައިގަތް ކޮންޓެންޓެއް ގެނައި ކަމަށް ބުނެ އެއް މިލިއަން ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާކުރުމާ ގުޅިގެން ބުދަ ދުވަހު ހުޅުވާފައިވާ ފަންޑަށް ފައިސާގެ އެހީ ވެދެއްވުމަށް ފަހު ތައުފީގު ވިދާޅުވީ "ފަރުދީ ގޮތުން ކޮންމެ މީހަކު ވެސް ރާއްޖެ ޓީވީގެ ދިފާއުގައި ނުކުންނަންޖެހޭ" ކަމަށެވެ. 

ރާއްޖެޓީވީއަކީ ތައުފީގު ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ކަންކަމުގެ ދެފަރާތް ގެނެސްދިނުމާއި އިންސާފުވެރިކަމާއެކީ ހަބަރާއި މައުލޫމާތު ގެނެސްދޭ ޓީވީއެކެވެ. ރާއްޖެޓީވީ ކުރި ޖޫރިމަނާ ކުރުމަކީ އިންސާފުވެރި ޖޫރިމަނާއެއް ކަމަށް ދެކި ނުލައްވާކަމަށް ވެސް ތައުފީގު ވިދާޅުވިއެވެ. 

"އަޅުގަނޑު އެހީވުމަށް ނިންމީ އެނގިވަޑައިގަންނަވާނެ ފަދައިން 2008 ގައި އަޅުގަނޑުމެން މި ވަނީ ވަރަށް ފުރިހަމަ ގާނޫނު އަސާސީއެއް ރައްޔިތުންނަށް ގެނެސްދީފައި. އޭގެ ދަށުން އަސާސްތައް ހިމެނިގެންދިޔައިރު މީޑިއާއަކީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށްޓަކާ އުފެދިގެން އައި 4 ވަނަ ބާރުކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވިފައި މިއޮތީ. އެހެން ވީމަ މީޑިއާ އެކީ އަޅުގަނޑުމެންގެ ލެއާ ގުޅިފައިވާ އެއްޗެއް.  ރާއްޖެޓީވީއަކީ ކަމުގެ ދެފަރާތް ގެނެސްދިނުމާއި އިންސާފުވެރިކަމާއެކީ ހަބަރު މައުލޫމާތު ގެނެސްދޭ ޓީވީއެއް،"ތައުފީގު ވިދާޅުވިއެވެ.

  މި މަހުގެ 6 ވަނަ ދުވަހު ރާއްޖެޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރީ، އޮކްޓޯބަރު 26، 2016 ގައި އިދިކޮޅު އިއްތިހާދުގެ ހަރުގެ ޖަލްސާގައި، ރައީސް ޔާމީންގެ އަބުރު ގެއްލޭ ފަދަ ގޮތަކަށް ވާހަކަ ދައްކާފައިވާ ކޮންޓެންޓެއް ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ބުނެ، އެ ކޮމިޝަނުގެ މެންބަރަކު އަމިއްލައަށް ހުށަހެޅައި އަމިއްލައަށް ބަލަައި އަމިއްލަ އަށް ނިންމި މައްސަލައެއްގަ އެވެ. 

ރާއްޖެޓީވީގެ އަބުރުފުޅު ފަންޑަށް އެކިފަރާތްތަކުން ދަނީ އެހީތެރިކަން ފޯރުކޯށްދެމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުއް ޣަފޫރު މޫސާ ވަނީ، ކޮންމެ ބޭފުޅަކު 50،000ރ. (ފަންސާސް ހާސް ރުފިޔާ)، ފަންޑަށް ހަދިޔާކުރައްވާފައެވެ.

ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވި ގޮތުގައި ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ ޖޫރިމަނާކުރަމުން ދަނީ، ސަރުކާރުގެ ނުފޫޒުން ކަމަށާއި، އެއީ ސަރުކާރުން ކަނޑައަޅާފައިވާ ޓައިމްލައިނަކަށް ރާއްޖެޓީވީ ބަންދުކުރަން މަގުފަހި ކުރުމަށް ކަމަށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް