ކ. މާލެ
|
11 އޯގަސްޓް 2020 | އަންގާރަ 14:38
ބޮރޫޝިއާ ޑޯޓްމުންޑްގެ ފޯވާޑް ޖޭޑަން ސަންޗޯ: އޭނާ ހޯދުމަށް ޔުނައިޓެޑުން އަންނަނީ މަސައްކަތް ކުރަމުން
ބޮރޫޝިއާ ޑޯޓްމުންޑްގެ ފޯވާޑް ޖޭޑަން ސަންޗޯ: އޭނާ ހޯދުމަށް ޔުނައިޓެޑުން އަންނަނީ މަސައްކަތް ކުރަމުން
ގެޓީ އިމޭޖަސް
ޑޯޓްމުންޑްގައި ސަންޗޯ މަޑުކުރުން
ޑޯޓްމުންޑްގައި ސަންޗޯ މަޑުކުރާނެ: ޒޯކް
ސަންޗޯ 110 މިލިއަން ޕައުންޑަށް ޔުނައިޓެޑަށް ވިއްކާލަން ޑޯޓްމުންޑުން އެއްބަސްވެފައިވާ ކަމަށް މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައި
ސަންޗޯ ކްލަބުގައި ހިމަނަން ވަނީ ރާވާފައިވާ ކަމަށް ޒޯކް ބުނި

އިންގްލެންޑްގެ ޒުވާން ފޯވާޑް ޖޭޑަން ސަންޗޯ އަންނަ ސީޒަނުގައިވެސް ބޮރޫޝިއާ ޑޯޓްމުންޑްގައި މަޑުކުރާނެ ކަމަށް އެ ކުލަބުގެ ސްޕޯޓިންގ ޑިރެކްޓަރު މައިކަލް ޒޯކް ބުނެފިއެވެ.

މީގެ ކުރިން މީޑިއާތަކުން ވަނީ އުމުރުން 20 އަހަރުގެ ސަންޗޯ 110 މިލިއަން ޕައުންޑަށް ޔުނައިޓެޑަށް ވިއްކާލަން ޑޯޓްމުންޑުން އެއްބަސްވެފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. އެގޮތުން ޔުނައިޓެޑާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ސަންޗޯ ހަދާނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމަކު ކޮވިޑް-19 ގެ މި ދަނޑިވަޅުގައި 110 މިލިއަން ޕައުންޑް އެއްފަހަރާ ދެއްކުމަށް ޔުނައިޓެޑަށް ދަތިވާނެތީ، އެ އަދަދު އިންސްޓޯލްމަންޓްތަކަށް ބަހާލައިގެން ދެއްކުމަށް ޑޯޓްމުންޑުން އެއްބަސްވެފައިވާ ކަމަށާއި، އެގޮތުން ތިން އިންސްޓޯލްމަންޓަކަށް ބަހާލައިގެން ޑީލް ކުރިއަށްގެންދާއިރު، ފުރަތަމަ ޕޭމަންޓްގެ ގޮތުގައި 85 މިލިއަން ޕައުންޑް ދައްކަން ޔުނައިޓެޑުން އެއްބަސްވެފައިވާ ކަމަށްވެސް މީގެ ކުރިން ރިޕޯޓުކުރިއެވެ.

އެކަމަކު ހޯމަ ދުވަހު ޑޯޓްމުންޑްގެ ސްޕޯޓިންގ ޑިރެކްޓަރު މައިކަލް ޒޯކް ބުނީ އަންނަ ސީޒަނުގައި ސަންޗޯ ކްލަބުގައި ހިމަނަން ރާވާފައިވާ ކަމަށާއި، މިއީ ފަހުގެ ނިންމުން ކަމަށެވެ.

ސަންޗޯ ހޯދުމަށް ޔުނައިޓެޑްގެ އިތުރުން ޔޫރަޕްގެ ބޮޑެތި ކްލަބުތަކުންވެސް މަސައްކަތް ކުރަމުން އަންނައިރު، އޭނާ ވިދާލީ 2017 ވަނަ އަހަރު އިންޑިއާގައި ބޭއްވި 17 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕްގައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން އިންގްލެންޑުން ހޯދިއިރު، އޭނާ ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ޑޯޓްމުންޑްގެ ސީނިއާ ޓީމުގައި މިހާތަނަށް ތިން ސީޒަން ހޭދަކޮށްފައިވާ ސަންޗޯ ވަނީ އެ ކްލަބަށް 99 މެޗުގައި 34 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ ޑޯޓްމުންޑާއެކު ޖަރުމަން ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް