ކ. މާލެ
|
10 އޯގަސްޓް 2020 | ހޯމަ 23:21
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދެނޯމް
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދެނޯމް
ސީއެންބީސީ
ކޮވިޑާ ދެކޮޅަށް ފެހި ސިގްނަލެއް
ބަލިމަޑުކަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި އުއްމީދީ ފެހި ސިގްނަލެއް
ގައުމުތަކުން އަޅާފައިވާ ފިޔަަވަޅުތައް ވަރުގަދަ ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔައިން ވަނީ ގޮވާލާފައި
ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ބަލިމަޑުކަން ހުރިހާ އެންމެން ގުޅިގެން ނިމުމަކަށް ގެނައުން މުހިންމު

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި ފެހި ސިގްނަލެއްގެ އުއްމީދު ފެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފިއެވެ.

މުޅި ދުނިޔޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 20 މިލިއަނަށް އަރާފައިވާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދެނޯމް ވިދާޅުވީ ކޮވިޑާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި އުއްމީދީ ކަންތަކެއް ފެނިފައިވާ ކަމަށާއި، ފެހި ސިގްނަލެއް ފެންނަމުންދާ ކަމަށެވެ.

ޓެޑްރޯސް ވިދާޅުވީ މުޅި ދުނިޔޭގައި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 750،000ށް މި ހަފްތާ ތެރޭގައި އަރާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ގިނަ ބަޔަކަށް އުނދަގޫ އަދި ހިތްދަތި ދުވަސް ވަރެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް މިހާރު ކުރަމުންދާ މަސައްކަތާއެކު ފެނިފައިވާ ފެހި ސިގްނަލާއެކު ހުރިހާ ހިސާބެއްގައި ވެސް ބަލިމަޑުކަން ކޮންޓްރޯލް ކުރެވިދާނެ ކަމަށެވެ.

ޓެޑްރޯސް ވަނީ އޭނާގެ ވަހަކައިގައި ނިއުޒިލޭންޑުގެ ވާހަކަ ފާހަގަ ކުރައްވާފައެވެ. އޭނާ ވަނީ ނިއުޒިލޭންޑުގައި ކޮމިއުނިޓީ ކޭސްއެއް ނުފެންނަތާ 100 ދުވަސް ވެފައިވާއިރު، އެއީ މުޅި ދުނިޔެއަށް މިސާލެއް ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އިނގިރޭސީ ވިލާތުގެ އިންގްލޭންޑުގެ އުތުރުގެ ސަރަހައްދުތަކުން ކޭސްތައް އިތުރުވެގެން ދިއުމާއެކު އެ ސަރަހައްދު ލޮކްޑައުން ކުރުމަށް ނިންމާފައިވާތީ ޔޫކޭގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް ވެސް ޓެޑްރޯސް ވަނީ ތައުރީގް ކުރައްވާފައެވެ.

ކޮވިޑްގެ ކޭސްތައް ބައެއް ގައުމުތަކުގައި އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ކޭސްތައް އަވަހަށް ދެނެގަތުމަށާއި، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވަރުގަދަ ކުރުމަށް އަދި އިޖްތިމާއީ ގައިދުރުކަމާއި މާސްކު އެޅުމަށް ބާރު އެޅުމަށް ގޮވާލާފައެވެ. މީގެއިތުރުން ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ވީހާ ވެސް ގިނައިން އަތްދޮވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނި ގައުމުތަކަށް ގޮވާލާފައެވެ.

ޖޯންހޮޕްކިން ޔުނިވަރސިޓީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މުޅި ދުނިޔޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 20 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. އަދި މީގެ ތެރެއިން ހަތަރުބައިކުޅު އެއްބަޔަކީ އެމެރިކާ އިން އެކަނި ރިޕޯޓްކޮށްފައިވާ ކޭސްތަކެވެ. އެގައުމުން މިހާތަނަށް 5 މިލިއަނަށްވުރެ ގިނަ ކޭސްތައް ވަނީ ރިޕޯޓްކޮށްފައެވެ.

މީގެ އިތުރުން ބްރަޒިލްއިން މިހާތަނަށް 3 މިލިއަނަށް ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާ އިރު އިންޑިއާއިން އެކަނި ވެސް ވަނީ 2 މިލިއަނަށް ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައެވެ.

ކޮވިޑް-19 ޖެހިގެން މުޅި ދުނިޔޭގައި މިހާތަނަށް 732 ހާހަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި ލައްކައަކަށްވުރެ ގިނަ މީހުން މަރުވެފައިވަނީ ބްރަޒިލް އަދި އެމެރިކާއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
12 އޯގަސްޓް 2020 | ބުދަ 00:53
ޙަބީބު.
ކޮބާއިންޑިޔާ ކިތަންމެ ވަރައް ސިއްރުކުރިޔަސް ޗާޓުގެ 1 ވަނައިގަ އޮތީ މިހާރު އިންޑިޔާ ވާޓަރު ބޮއެގެން އެތިބީ