ކ. މާލެ
|
10 އޯގަސްޓް 2020 | ހޯމަ 12:16
އެތުލެޓިކޯއިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން: އެ ކްލަބުގެ ދެ މީހަކު ވަނީ ޕޮޒިޓިވް ވެފައި
އެތުލެޓިކޯއިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން: އެ ކްލަބުގެ ދެ މީހަކު ވަނީ ޕޮޒިޓިވް ވެފައި
ގެޓީ އިމޭޖަސް
އެތުލެޓިކޯގެ ދެ މީހަކު ޕޮިޒޓިވްވުން
އެތުލެޓިކޯއިން ކޮވިޑް-19 ގެ ދެ ކޭސް
އެތުލެޓިކޯއިން ކޮވިޑް-19ށް ޕޮޒިޓިވްވީ ފޯވާޑް އެންހެލް ކޮރެއާ އާއި ޑިފެންޑަރު ސިމޭ ވަލަސްކޯ
ޗެމްޕިއަންސް ލީގުގެ ޝެޑިއުލަށް ބަދަލެއް އަތުވެދާނެ

އެތުލެޓިކޯ މެޑްރިޑްގެ ދެ ކުޅުންތެރިއަކު ކޮވިޑް-19ށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ ކްލަބުން ބުނެފިއެވެ.

އެތުލެޓިކޯގެ ދެ ކުޅުންތެރިއަކު ކޮވިޑް-19ށް ޕޮޒިޓިވްވީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލުގެ މެޗުތައް ކުޅެން ޕޯޗުގަލްއަށް ފުރުމުގެ ކުރިން ހެދި ޓެސްޓް ތަކުންނެވެ. މީގެ ކުރިން ކޮވިޑް-19ށް ޕޮޒިޓިވްވި ކުޅުންތެރިންގެ ނަން އެތުލެޓިކޯއިން ހާމަނުކުރި ނަމަވެސް، ފަހުން ވަނީ އެއީ ކޮން ކުޅުންތެރިންނެއްކަން ހާމަކޮށްފައެވެ. އެގޮތުން އެތުލެޓިކޯއިން ކޮވިޑް-19ށް ޕޮޒިޓިވްވީ ފޯވާޑް އެންހެލް ކޮރެއާ އާއި ޑިފެންޑަރު ސިމޭ ވަލަސްކޯއެވެ.

އެތުލެޓިކޯއިން ނެރުނު ބަޔާނެއްގައި ބުނީ އެ ދެ ކުޅުންތެރިން މިހާރު އައިސޮލޭޝަނަށް ބަދަލުކޮށްފައިވާ ކަމަށާއި އޭގެ ފަހުން ކުރިއަށްގެންދިޔަ ޓެސްޓް ތަކުން އެހެން ހުރިހާ ކުޅުންތެރިން ވައިރަހަށް ނެގެޓިވް ވެފައިވާ ކަމަށެވެ.

އެތުލެޓިކޯގެ ދެ ކުޅުންތެރިން ކޮވިޑް-19ށް ޕޮޒިޓިވްވުމާ ގުޅިގެން އެތުލެޓިކޯގެ ޓީމު ޕޯޗުގަލްއަށް ފުރުން ވަނީ ލަސްވެފައެވެ. މީގެ ކުރިން ހޯމަ ދުވަހު އެތުލެޓިކޯގެ ޓީމު ފުރަން ހަމަޖެހިފައި އޮތް ނަމަވެސް، ދެން އެޓީމަށް ޕޯޗުގަލްއަށް ފުރޭނީ އަންގާރަ ދުވަހުއެވެ.

ޔުއެފާއިން ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ މެޗުތައް ކުއާޓާއާ ހިސާބުން ފަށައިގެން ޕޯޗުގަލްގެ ވެރިރަށް ލިޒްބަންގައި ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ. އެގޮތުން ކުއާޓާގައި އަންނަ ބުރާސްފަތި ދުވަހުގެރޭ އެތުލެޓިކޯ ނުކުންނާނީ އަރުބީ ލެއިޕްޒީގާ ދެކޮޅަށެވެ. އެކަމަކު އެތުލެޓިކޯގެ ދެ ކުޅުންތެރިއަކު ކޮވިޑް-19ށް ޕޮޒިޓިވްވުމުން، މުބާރާތުގެ ޝެޑިއުލަށް ބަދަލެއް އަތުވެދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާރު އޮތްގޮތުން ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅެން ނިންމާފައިވާ ތާރީޚަކީ މި މަހުގެ 23 ވަނަ ދުވަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް