ކ. މާލެ
|
10 އޯގަސްޓް 2020 | ހޯމަ 10:46
ދިރާގު ޓީވީއަށް ސްޓާރ ޗެނަލްސް ތައާރަފް ކުރުން
ދިރާގު
ދިރާގުޓީވީ
ދިރާގު ޓީވީ އަށް އެޕްލައިކޮށްގެން ޖޮއިބޮކްސް އަދި 2 މަހުގެ މަހުފީ މުޅިން ހިލޭ!
ޕްރޮމޯޝަންސް ތައާރަފުކޮށްފައިވަނީ ދިރާގު ޓީވީއަށް ސްޓަރ" ނެޓްވޯކްގެ ޗެނަލްތައް އައިސްފައިވާ ދަނޑިވަޅެއްގަ
މި ދަނޑިވަޅަކީ ސްޓަރ ނެޓްވޯކްގެ ބެލުންތެރިނަށް ދިރާގު ޓީވީގެ ޚިދުމަތް މުޅިން ހިލޭ ހޯދުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް
ރާގުން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީން ހަބަރާއި މުނިފޫހިފިލުވުމުގެ ހިދުމަތް އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުން

ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ދިރާގުން ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ، 31 އޮގަސްޓްގެ ނިޔަލަށް ކުރިޔަށްގެންދާ ޕްރޮމޯޝަނުގެ ދަށުން މިހާރު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، 2 މަހުގެ މަހުފީ އަދި ޖޯއިބޮކްސްވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެއެވެ.

މި ޚާއްސަ ޕްރޮމޯޝަންސް ތައާރަފުކޮށްފައިވަނީ ދިރާގު ޓީވީއަށް ދާދިފަހުން ދިވެހިންގެ މެދުގައި އެންމެ މަޤުބޫލު އެއް ނެޓްވޯކް ކަމަށްވާ "ސްޓަރ" ނެޓްވޯކްގެ ޗެނަލްތައް އައިސްފައިވާ ދަނޑިވަޅެއްގައެވެ. މި ދަނޑިވަޅަކީ ސްޓަރ ނެޓްވޯކްގެ ބެލުންތެރިނަށް ދިރާގު ޓީވީގެ ޚިދުމަތް މުޅިން ހިލޭ ހޯދުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއްކަމަށާއި ސްޓަރ ނެޓްވޯކުން ބެލުންތެރިން އެންމެ އިންތިޒާރު ކުރަމުންދިޔަ ހުރިހާ ޑްރާމާ ސިލްސިލާތައް ދިގު މުއްދަތަކަށް މެދުކެނޑުމަށްފަހު އަލުން އަނބުރާ ދައްކަން ފަށާފައި ވާކަމަށް ދިރާގުން ބުނެއެވެ.

100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ ފުރަތަމަ އެޗްޑީ ކޮލިޓީގައި ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ފޯރުކޮށްދޭ ޑިޖިޓަލް ޓީވީގެ ޚިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ %73 ގޭބިސީއަށް މިހާރު ދިރާގު ޓީވީގެ ޚިދުމަތް ފޯރުކޮށްދީފައިއެވެ. އޭގެ ތެރޭގައި 53 ރަށް ހިމެނޭ އިރު، ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތް ނެތް ރަށްތަކަށްވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ވަނީ ދިރާގު ޓީވީ ފޯރުކޮށްދީފައިއެވެ.

ދިރާގުން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ.

- ކޮމެންޓް