ކ. މާލެ
|
9 އޯގަސްޓް 2020 | އާދީއްތަ 11:33
ރެޑްވޭވްގެ ފިހާރައެއް
ރެޑްވޭވްގެ ފިހާރައެއް
ރާއްޖެއެމްވީ
ރެޑްވޭވް
ރެޑްވޭވުން ހައިސެންސް އޭސީގެ ޕްރިއޯޑަރއަށް ހުޅުވާލާފައި
ހަތަރު ސައިޒެއްގެ އޭސީ ވަރަށް ހާއްސަ އަގުތަކެއްގައި ލިބިގެންދާނެ
އޭސީ ގަތުމާއިއެކު، ގެޔަށް އަދި ބޯޓަށް ވެސް މުޅިން ހިލޭ ޑެލިވަރީ ކޮށްދޭނެ
ހައިސެންސް އޭސީގައި ބޭނުން ކުރަނީ ތިމާވެއްޓާއި ރައްޓެހި، "އީކޯ ފްރެންޑްލީ" R32 ގޭސް

އިލެކްޓްރޯނިކްސް އުފެއްދުމުގައި ދުނިޔޭގައި ނަން މަޝްހޫރު ހައިސެސް ބްރޭންޑްގެ އެއަރކޯން ރެޑްވޭވް އިން ތައާރަފްކޮށް ޕްރިއޯޑަރ ހުޅުވާލާއިފިއެވެ.

ރެޑްވޭވުން ބުނީ މިފަހަރު ހައިސެންސް ބްރޭންޑުގެ އޭސީ ރެޑްވޭވުން ތައާރަފް ކުރާއިރު، މިމޮޑަލް އަކީ މުޅި ރާއްޖެއަށްވެސް އަލަށް ތައާރަފް ކުރެވިގެންދާ މޮޑެލްއެއް ކަމަށެވެ.

ހައިސެންސް އޭސީ ޕްރިއޯޑަރ އަށް ހުޅުވާލެވިފައިވާއިރު ހަތަރު ސައިޒެއްގެ އޭސީ ވަރަށް ހާއްސަ އަގުތަކެއްގައި ލިބިގެންދާނެ ކަމަށް ރެޑްވޭވުން ބުންޏެވެ. އެގޮތުން 10,000BTU ގެ އޭސީ 4,690ރ އަށް، 12,000BTU ގެ އޭސީ 5,390ރ އަށް، 18,000BTU އޭސީ 5,790ރ އަށް އަދި 24,000BTU ގެ އޭސީ 7,590ރ އަށް ލިބިގެންދާނެ ކަމަށެވެ.

1 ސެޕްޓެމްބަރުގެ ނިޔަލަށް މި އަގުތަކުގައި ހައިސެންސް އޭސީ ޕްރިއޯޑަރ ކުރެވޭނެ ކަމަށާއި ހައިސެންސް އޭސީ އާއި އެކު ހިލޭ ބްރެކެޓް އަދި އިންސްޓޯލް ކުރާ ކިޓެއް ލިބިގެންދާނެ ކަމަށް ރެޑްވޭވުން ބުނެއެވެ. އަދި 1 އަހަރުގެ ސާރވިސްވޮރަންޓީ ލިބިގެންދާއިރު އޭސީ ގަތުމާއިއެކު، ގެޔަށް އަދި ބޯޓަށް ވެސް މުޅިން ހިލޭ ޑެލިވަރީ ކޮށްދޭނެ ކަަމަށް ވަނީ ބުނެފައެވެ.

މި ބްރޭންޑްގެ އޭސީ އިން ކަރަންޓް ހަރަދު އިންތިހާއަށް ކުޑަކޮށްދޭ ކަމަށް ރެޑްވޭވުން ބުނޭ

ހައިސެންސް ބްރޭންޑް އޭސީގައި ވެސް އެހެން ބްރޭންޑުތަކާއި އެއްގޮތަށް އިންވާޓަރ ހިމެނެއެވެ. ކަރަންޓް ހަރަދު އިންތިހާއަށް ކުޑަކޮށްދެއެވެ. ނަމަވެސް ހައިސެންސް ބްރޭންޑުގެ އޭސީ ތަފާތު ވެގެންދަނީ އޭގައި ހިމެނޭ "ގޯލްޑްފިން ޓެކްނޮލޮޖީ"ގެ ސަބަބުން ކަމަށް ރެޑްވޭވުން ބުނެއެވެ.

ރާއްޖޭގައި ހަރުކުރެވޭ އެސީއަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލަ އަކީ، އޭސީގެ އެތެރޭގައިވާ ކޮންޑެންސަރ އަދި އެވަރޕޮރޭޓާރގައި ދަބަރުޖެހުމެވެ. ހާއްސަކޮށް ދިވެހިރާއްޖޭގެ ރަށްރަށުގެ ވައިގެ ތެރޭގައިވާ ލޮނު، އޭސީއަށް ވަދެ ދަބަރުޖެހުމަށް އިތުރަށް މަގުފަހިވެގެންދާކަން ފާހަގަކޮށް ރެޑްވޭވުން ބުނީ ގޯލްޑްފިން ޓެކްނޮލޮޖީގެ ސަބަބުން އޭސީގެ އެތެރޭގައި ދަބަރުޖެހުން ހުއްޓުވާލާ ކަމަށެވެ. އަދި އޭސީގެ ޕާފޯރމަންސް އަށް ބަދަލު އައުމެއްނެތި އެތަކެއް އަހަރު ތަކަކަށް އޭސީ ބޭނުން ކުރެވޭ ކަމަށެވެ.

މީގެ އިތުރުންވެސް ހައިސެންސް އޭސީގައި ބޭނުން ކުރަނީ ތިމާވެއްޓާއި ރައްޓެހި، "އީކޯ ފްރެންޑްލީ" R32 ގޭހެވެ. މިގޭހަކީ ހަރަދު ކުޑަ އަދި ފިނިކޮށްދިނުމުގައި އެކަށޭނަ ގޭހެކެވެ. އަދި މީގެ އިތުރުން ހައިސެންސް އޭސީގައި ރޫމްގެ ފިނިހޫނުމިން ދެނެގަނެ އޭސީގެ ފިނިމިން ކަނޑައަޅައިދޭ ހާއްސަ މޯޑެއްވެއެވެ.

- ކޮމެންޓް