ކ. މާލެ
|
9 އޯގަސްޓް 2020 | އާދީއްތަ 11:23
ހދ. ނެއްލައިދޫ ބަނދަރު މަސައްކަތުގެ ތެރެއިން
ހދ. ނެއްލައިދޫ ބަނދަރު މަސައްކަތުގެ ތެރެއިން
އެމްޓީސީސީ
ހދ. ނެއްލައިދޫ ބަނދަރު މަސައްކަތް
ހދ. ނެއްލައިދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތުގެ 30 އިންސައްތަ ނިމިއްޖެ
ބަނދަރު ފުން ކުރުމުގެ 45 މަސައްކަތް ނިމިފައިވޭ
މަޝްރޫޢު ހަވާލުކޮށްފައިވަނީ 27 އޯގަސްޓް 2019 ގައި
ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ވެސް ހިމެނޭ

ހދ. ނެއްލައިދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތުގެ 30 އިންސައްތަ ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުން ކުރުމުގެ 45 މަސައްކަތް ނިމިފައިވާ ކަމަށާއި މި މަޝްރޫޢުގެ ދަށުން 22،860 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ބޭސިން ފުންކުރުމާއި، 10،294 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް މަރާމާތު ކުރުމާއި، 164 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތް ހިމެނޭ. ކަމަށެވެ.

ހދ. ނެއްލައިދޫ ބަނދަރު މަސައްކަތުގެ ތެރެއިން

އެމްޓީސީސީން އިތުރަށް ބުނީ 224 މީޓަރު ސަރަހައްދެއްގެ އެއްގަމު ތޮށިލުމާއި ގްރޯންސް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށާއި 2،102 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު އަށް 47,623,290.28 ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 27 އޯގަސްޓް 2019 ގައެވެ.

- ކޮމެންޓް