ރާއްޖެއަށް ފުރަތަމަ ފަހަރަށް، މުޅިން ތަފާތު އީ-ކޮމަރސް ބާޒާރެއްގެ ގޮތުގައި 2019ގެ އޯގަސްޓް މަހު ތައާރަފު ކުރެވުނު މޫލީ މެދުވެރިކޮށް، މިހާރު ވެސް 10000ށް ވުރެ ގިނަ ޑެލިވަރީ ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދެވިފައިވާ ކަމަށް އުރީދޫ އިން ބުނެފިއެވެ.
މި ޕްލެޓްފޯރމް މެދުވެރިކޮށް 14 ކެޓެގެރީއަކުން، މަގުބޫލުކަން ހޯދާފައިވާ 36 ކުންފުންޏެއްގެ ކޮލީޓި އެތައް ޕްރޮޑަކްޓެއް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް ވިޔަފާރި ކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ހުޅުވައިލަދެއެވެ. މީގެ ތެރެއިން، އިލެކްޓްރޯނިކް ސާމާނު، ގެޔަށް އަދި ބަދިގެއަށް ބޭނުންވާ ސާމާނު، ފޮތާއި ސްޓޭޝަނަރީ، ގޭމިންގް ޕްރޮޑަކްޓްސް އަދި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ވެސް ހިމެނެއެވެ.
މޫލީ ޕްލެޓްފޯރމްގެ މިކާމިޔާބުގެ އުފަލުގައި ކަސްޓަމަރުންނަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ޚާއްޞަ ހަރަކާތްތަކެއް މުޅި އޯގަސްޓް މަހު ކުރިޔަށްގެންދާނެ ކަމަށާއި މި ހަރަކާތްތަކުގެ އިތުރު މައުލޫމާތް މޫލީ ސޯޝަލް މީޑިޔާ ޕޭޖްތަކުގައި އިއުލާނު ކުރެވެމުންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.
މުޅި ދުނިޔެ ކުރިމަތިލަމުންދާ ކޮވިޑް-19 ޕެންޑެމިކް އާއި ގުޅިގެން ސަރުކާރުން އިއުލާނުކުރި ފުރަބަންދުގެ ތެރޭގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުންނާއި، ކަސްޓަމަރުން ރައްކާތެރިކަމާއެކު ގޭގައި ތިއްބަވައިގެން ވިޔަފާރި ކުރުމަށް ފުރުޞަތު ފުޅާކޮށްދިނުމުގެ ގޮތުން، އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ވިއްކާ ވިޔަފާރިތަކާއި ގުޅިގެން މޫލީ މެދުވެރިކޮށް ޑެލިވެރީގެ ޚިދުމަތް ފޯރުކޮށްދީފައިވެއެވެ.
ފުޅާވަމުން އަންނަ އީ-ކޮމަރސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިންގ އެކްސްޕީރިއެންސް އެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓަރންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ޚިދުމަތް ވެސް މޫލީއިން ފޯރުކޮށްދޭ ކަމަށް އުރީދޫ އިން ބުނެއެވެ.
ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ޚިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީއިންވަނީ އެ ފުރުޞަތު ހުޅުވާލާފައެވެ. އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުންދާއިރު، މި ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިޔަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ކަމުގެ ޔަޤީންކަން އުރީދޫ އިން ވަނީ އަރުވާފައެވެ.