ކ. މާލެ
|
6 އޯގަސްޓް 2020 | ބުރާސްފަތި 15:50
ރެއާލުން ދާދި ފަހުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ފޯވާޑް އެޑެން ހަޒާޑް
ރެއާލުން ދާދި ފަހުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ފޯވާޑް އެޑެން ހަޒާޑް
ގެޓީ އިމޭޖަސް
އެޑެން ހަޒާޑްގެ އަނިޔާ
ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ހަޒާޑް ފިޓެއް ނޫން
ހަޒާޑަށް އެންމެ ފުރަތަމަ އަނިޔާވީ ފެބްރުއަރީ މަހު
ހަޒާޑްގެ ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާ އެއްކޮށް ރަނގަޅު ނުވޭ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ރެއާލް މެޑްރިޑްގެ ފޯވާޑް އެޑެން ހަޒާޑް ފިޓް ނޫން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ރެއާލުން ބުދަ ދުވަހު އިއުލާންކުރި 24 ކުޅުންތެރިންގެ ސްކޮޑުގައި ހަޒާޑް ވަނީ ހިމަނާފައެވެ. އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ރެއާލުން އެކުލަވާލި ސްކޮޑުން ހަޒާޑަށް ފުރުސަތުދިން ނަމަވެސް، މެޗަށް ހަޒާޑް ފިޓް ނޫން ކަމަށާއި އޭނާގެ ފައިގެ ކުޑަ ހުޅަށް އަނިޔާވެފައިވާ ކަމަށެވެ.

މި ސީޒަނުގެ ގިނަ މެޗުތަކެއް އަނިޔާގެ ސަބަބުން ހަޒާޑަށް ގެއްލިފައިވާއިރު، ހަޒާޑަށް އެންމެ ފުރަތަމަ އަނިޔާވީ ފެބްރުއަރީ މަހުގައެވެ. އެފަހަރު އަނިޔާވެ ހަޒާޑް ވަނީ އޮޕަރޭޝަނެއްވެސް ކޮށްފައެވެ. އެކަމަކު އަނިޔާއިން ސަލާމަތްވެ، ކޮވިޑް-19 ގެ ބްރޭކަށްފަހު ރެއާލުން ކުޅުނު މެޗުތަކުން ހަޒާޑް ފެނިގެންދިޔައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ހަޒާޑްގެ ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާ މުޅިން އެއްކޮށް ރަނގަޅު ނުވާއިރު، ހުކުރު ދުވަހުގެރޭ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި ހަޒާޑް ފެނުމުގެ ފުރުސަތު ކުޑައެވެ. އެހެން ނަމަވެސް، މި މެޗަށް އެކުލަވާލި ސްކޮޑުން ހަޒާޑަށް ޖާގަ ދިނީ އޭނާގެ އެދުމުގެ މަތިން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޗެލްސީގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އައި ހަޒާޑް ރެއާލަށް ބަދަލުވެފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެބެ. އެކަމަކު އަނިޔާގެ ސަބަބުން މި ސީޒަނުގައި އޭނާގެ އެންމެ މޮޅު ކުޅުން ދެއްކިފައެއް ނުވެއެވެ. އެގޮތުން މިހާތަނަށް ރެއާލަށް ހަޒާޑް ކުޅެދީފައިވަނީ އެންމެ 21 މެޗެވެ. އަދި އޭނާއަށް ރެއާލްގެ ޖާޒީގައި ކާމިޔާބުކުރެވިފައިވަނީ އެންމެ ލަނޑެކެވެ.

ކޮވިޑް-19 އާ ގުޅިގެން ފަސްކުރި ޗެމްޕިއަންސް ލީގު މެޗުތައް އަލުން ފަށާއިރު، ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރަށުން ބޭރުގައި ސިޓީއާ ދެކޮޅަށް ރެއާލް ނުކުންނާނީ އަންނަ ހުކުރު ދުވަހުގެރޭއެވެ. މި މެޗު ފަށާނީ ހުކުރު ދުވަހުގެރޭ ރާއްޖެ ގަޑިން 00:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް