ކ. މާލެ
|
6 އޯގަސްޓް 2020 | ބުރާސްފަތި 09:25
ސީޑް ސްޓާސް އިން މީގެ ކުރިން ބޭއްވި މުބާރާތެއްގެ ތެރެއިން
ސީޑް ސްޓާސް އިން މީގެ ކުރިން ބޭއްވި މުބާރާތެއްގެ ތެރެއިން
ދިރާގު
ސްޓާޓްއަޕް މުބާރާތް
އެންމެ ބޮޑު ސްޓާޓްއަޕް މުބާރާތް ރާއްޖޭގައި ބާއްވަނީ
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ޓެކް ސްޓާޓްއަޕް ކުންފުނިތަކަށް ވަނީ ހުޅުވާލައިފައި

ދުނިޔޭގެ އެންމެ ބޮޑު ސްޓާޓް އަޕް މުބާރާތް، ސީޑް ސްޓާސް ވޯލްޑް (އެސްއެސްޑަބްލިޔު) މުބާރާތް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ޓެކް ސްޓާޓްއަޕް ކުންފުނިތަކަށް ވަނީ ހުޅުވާލާފައިވާއިރު ދިރާގާއި ސްޕާކްހަބް ގުޅިގެން ބާއްވާ މި މުބާރާތަކީ ސްވިޒަލޭންޑްގެ ޕްރައިވެޓް ކުންފުންޏެއް ކަމަށްވާ ސީޑް ސްޓާސް އިން އިންތިޒާމު ކުރާ ހަރަކާތެކެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ޓެކް ސްޓާޓްއަޕް ކުންފުނިތަކަށް ވަނީ ހުޅުވާލައިފައެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކުންފުނިތަކަށްވެބްސައިޓްމެދުވެރިކޮށް މި މަހުގެ 15ގެ ނިޔަލަށް ރަޖިސްޓްރީ ކުރެވޭނެއެވެ.

މި މުބާރާތުން އެއްވަނަ އަށްދާ ކުންފުންޏަކަށް "ގްލޯބަލް މެންޓަރިން"ގެ ފުރުސަތު ލިބޭނެ ކަމަށާއި ސީޑް ސްޓާސްއިން 50،000 ޑޮލަރު އިންވެސްޓު ކުރުމަށް ނަގާ 10 ކުންފުނީގެ ތެރޭގައި ހިމެނުމުގެ ފުރުސަތު އެ ކުންފުންޏަކަށް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

މި މުބާރާތުގައި ވާދަ ކުރާ ވިޔަފާރި އަކީ "މިނިމަމް ވަޔަބްލް ޕްރޮޑަކްޓެއް" (އެމްވީޕީ) އޮތް އެ ބޭނުން ކުރާ ކަސްޓަމަރުން ތިބި އަދި މިހާރު ވެސް އޮޕަރޭޝަން ކުރިއަށްގެންދާ ކުންފުންޏަކަށް ވާންޖެހޭނެ ކަމަށް ދިރާގުން ބުންޏެވެ. ކުރިން އެއް މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކޮށްފައިވާ އެއްވެސް ވިޔަފާރިއަކަށް މި މުބާރާތުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ސީޑްސްޓާއިން ބުނެފައިވާ ގޮތުގައި މި މުބާރާތުގައި 1800އަށްވުރެ ގިނަ ސްޓާޓްއަޕްތަކަށް ތަމްރީނު ދޭނެއެވެ.

- ކޮމެންޓް