ކ. މާލެ
|
5 އޯގަސްޓް 2020 | ބުދަ 05:24
ބެއިރޫތް ހިނގި ގޮވުމުގެ ހާދިސާގައި ގެއްލުން ލިބުނު އިމާރާތްތަކެއް
ބެއިރޫތް ހިނގި ގޮވުމުގެ ހާދިސާގައި ގެއްލުން ލިބުނު އިމާރާތްތަކެއް
ޓްވިޓަރ
ބޭއިރޫތް ގޮވުމުގެ ހާދިސާ
ހާދިސާގެ ފަހަތުގައި ތިބި މީހުން ބޮޑު އަގެއް ދައްކަން ޖެހޭނެ: ލުބްނާންގެ ބޮޑުވަޒީރު
20 މީހަކު ވަނީ މަރުވެފައި
ގައުމުތަކުގެ އެހީތެރިކަމަށް ވަނީ އެދިފައި
2700 މީހަކު ވަނީ ޒަހަމްވެފައި

ލުބްނާންގެ ވެރިރަށް ބެއިރޫތްގެ ޕޯޓުގައި ހިނގި ގޮވުމުގެ ހާދިސާގެ ފަހަތުގައިވާ މީހުން ބޮޑު އަގެއް ދައްކަން ޖެހޭ ކަމަށް ލުބްނާނުގެ ބޮޑު ވަޒީރު ހަސަން ދިއާބް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ބެއިރޫތުގެ ޕޯޓުގައި ހިނގި ބާރުގަދަ ގޮވުމުގެ ހާދިސާ ގައި 50 މީހުން މަރުގެ 2700 މީހަކު ވަނީ ޒަހަމްވެފައެވެ. މި އަދަދު އަދި ވެސް އިތުރުވުން އެކަށީގެންވާ ކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ.

ލުބްނާނުގެ ބޮޑުވަޒީރު ވިދާޅުވީ، ހާދިސާގެ ތަހުގީގެއް ނުހިންގަވައި ދޫކޮށްނުލައްވާނެ ކަމަށެވެ. ގައުމީ ޓީވީ މެދުވެރިކޮށް ރައްޔިތުންނާ މުހާތަބު ކުރައްވާ ބޮޑުވަޒީރު ވިދާޅުވީ، އެ ކަމުގައި ހިމެނޭ މީހުން ބޮޑު އަދަދެއް ދައްކަން ޖެހޭނެ ކަމަށެވެ.

ލުބްނާނުގެ ހެޑް އޮފް ޖެނެރަލް ސެކެރެޓަރީއާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުން، ގޮވުން ގޮވާފައިވަނީ ޕޯޓް ސަރަހައްދުގައި ގޮވާތަކެތި ރައްކާ ކޮށްފައި ހުރި ގުދަނަކުންނެވެ، ލުބްނާންގެ އިންޓީރިއާ މިނިސްޓަރު ވިދާޅުވީ، ގުދަން ގައި ހުރި ގޮވާތަކެއްޗަކީ ބާރުގަދަ ކެމިކަލް އެއް ކަމަށްވާ ''އެމޯނިއަމް ނައިޓްރޭޓް'' ކަމަށެވެ.

ދުނިޔޭގެ ގައުމުތަކުން ދަނީ ލުބްނާނަށް އެހީތެރިވެދިނުމުގެ މަސައްކަތްތައް ކުރަމުންނެވެ. ގަތަރު އަދި ޕްރާންސުން ދަނީ ސިއްހީ ގޮތުން ބޭނުންވާ އާލާތްތައް ލުބްނާން އަށް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ.

- ކޮމެންޓް