ކޮވިޑް-19އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމާއި ޓޫރިޒަމް މިނިސްޓްރީގެ ޚިދުމަތްތައް އޮންލައިންކޮށް ދޭގޮތަށް ހަމަޖައްސައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މާލޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އޮގަސްޓް މަހުގެ 4ން ފެށިގެން 8 ގެ ނިޔަލަށް ސަރުކާރު އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާތީ މިދުވަސްތަކުގައި މިނިސްޓްރީގެ ކައުންޓަރުން ދޭ ހުރިހާ ޚިދުމަތްތައް ދެމުންގެންދާނީ އޮންލައިންކޮށް ކަމަށެވެ.
އެގޮތުން ޓޫރިސްޓް ފެސިލިޓީ ރެޖިސްޓްރޭޝަން އާއި ގުޅޭ އެންމެހާ ޚިދުމަތްތަކަށް [email protected] ، އައު އާންމު ހާލަތުގައި ޓޫރިސްޓް ފެސިލިޓީތައް ހުޅުވުމަށް ބޭނުންވާ އެންމެހާ ޚިދުމަތްތަކަށް [email protected]، ކޮވިޑް އާއި ގުޅުންހުރި މަޢުލޫމާތު ސާފުކުރުމަށް smutourism.gov.mv އަދި އެހެނިހެން މައުލޫމާތު ސާފުކުރުމަށް [email protected] މެއިލް ކުރުމަށް އެދޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
މައުލޫމާތެއް ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ހޮޓްލައިން 7223131 އަށް ގުޅުމަށް ވަނީ އެދިފައެވެ.