ކ. މާލެ
|
4 އޯގަސްޓް 2020 | އަންގާރަ 14:32
ޗެލްސީގެ ފޯވާޑް ވިލިއަން: އޭނާ އާސެނަލަށް ބަދަލުވާން ނިންމާފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައި
ޗެލްސީގެ ފޯވާޑް ވިލިއަން: އޭނާ އާސެނަލަށް ބަދަލުވާން ނިންމާފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައި
ގެޓީ އިމޭޖަސް
ވިލިއަން އާސެނަލަށް ބަދަލުވުން
ސީޒަން ނިމުމުން ވިލިއަން އާސެނަލަށް ބަދަލުވަނީ
ދާދި ފަހުންވެސް ޗެލްސީން ވަނީ ވިލިއަންގެ އެއްބަސްވުން އާކުރަން މަސައްކަތް ކޮށްފައި
ވިލިއަން އާސެނަލަށް ބަދަލުވާނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން

މި ސީޒަން ނިމުމުން ޗެލްސީ ދޫކޮށް އާސެނަލަށް ބަދަލުވުމަށް ވިލިއަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޗެލްސީ އާއެކު އުމުރުން 31 އަހަރުގެ ވިލިއަން އާއި މީގެ ކުރިން ހަދާފައި އޮތް އެއްބަސްވުން ޖޫން މަހު ހަމަވުމާއެކު ވަނީ މި ސީޒަން ނިމެންދެން ޗެލްސީގައި މަޑުކުރަން ނިންމާ އެއްބަސްވުން އާކޮށްފައެވެ.

އެކަމަކު ދާދި ފަހުންވެސް ޗެލްސީން ވަނީ ވިލިއަންގެ އެއްބަސްވުން އާކުރުމަށް ހުށަހަޅާފައެވެ. އެކަމަކު ކުރު މުއްދަތެއްގެ އެއްބަސްވުމެއް ހުށަހެޅުމުން، އެ އެއްބަސްވުންވެސް ގަބޫލުނުކުރަން ވިލިއަން ވަނީ ނިންމާފައެވެ.

އެހެންކަމުން މި ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން ވިލިއަން ޗެލްސީ ދޫކޮށްލާއިރު، އޭނާ އާސެނަލަށް ބަދަލުވުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ވިލިއަން އާސެނަލަށް ބަދަލުވުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނިއިރު، އޭނާ ހޯދުމަށް ޓޮޓެންހަމް ހޮޓްސްޕާ އާއި، މެންޗެސްޓާ ޔުނައިޓެޑާއި، ބާސެލޯނާ އަދި ޔުވެންޓަސްއިންވެސް ވަނީ މަސައްކަތް ކޮށްފައެވެ.

ބްރެޒިލްގެ ކޮރިންތިއަންސް އިން ކެރިއަރު ފެށި ވިލިއަން ޗެލްސީއަށް ބަދަލުވީ 2013 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 339 މެޗުގައި 63 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި ވަނީ ޗެލްސީއާއެކު އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރު، އެފްއޭ ކަޕް އެއް ފަހަރު އަދި ލީގު ކަޕް އެއް ފަހަރު ކާމިޔާބު ކޮށްފައެވެ.

ވިލިއަންގެ އިތުރުން މި ސީޒަން ނިމުމުން ޗެލްސީގެ ފޯވާޑް ޕެޑްރޯ ރޮޑްރިގޭޒްވެސް ހިލޭ ޓްރާންސްފާއެއްގެ ދަށުން ކްލަބު ދޫކޮށްލާނެ އެވެ. އެ ދެ ކުޅުންތެރިންގެ ބަދަލުގައި އަންނަ ސީޒަނަށް ޗެލްސީން ވަނީ އާރުބީ ލެއިޕްޒީގަށް ކުޅެމުން އައި ޖަރުމަންގެ ފޯވާޑް ޓިމޯ ވާނާ އާއި އަޔަކްސްއަށް ކުޅެމުން އައި މޮރޮކޯގެ ތަރި ހަކީމް ޒިޔެކްގެ ސޮއި ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް