ކ. މާލެ
|
3 އޯގަސްޓް 2020 | ހޯމަ 19:16
ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ: އޭނާ ހޯދުމަށް ބާސާއިން އަންނަނީ މަސައްކަތް ކުރަމުން
ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ: އޭނާ ހޯދުމަށް ބާސާއިން އަންނަނީ މަސައްކަތް ކުރަމުން
ގެޓީ އިމޭޖަސް
ޕޮޗެޓީނޯ ބާސާއާ ހަވާލުވަނީ
ސެޓިއެންގެ ބަދަލުގައި ޕޮޗެޓީނޯ ބާސާއަށް؟
މި ސީޒަނަށްފަހު ސެޓިއެން މަގާމުން ވަކިކުރުމަށް ވަނީ ނިންމާފައި
ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން ވަނީ ޕޮޗެޓީނޯ ހޯދުމަށް މަސައްކަތް ކޮށްފައި

ބާސެލޯނާގެ ކޯޗުގެ މަގާމާ ޖެނުއަރީ މަހު ހަވާލުވި ކިކޭ ސެޓިއެން މަގާމުން ދުރުކޮށް، އެ ޓީމުގެ ކޯޗުގެ މަގާމަށް ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ކުރިއަށް އޮތް ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސާގެ މެނޭޖްމަންޓުން ބޭނުންވާ ފަދަ ކުޅުމެއް އެޓީމުގެ ފަރާތުން ނުފެނިއްޖެ ނަމަ، ސެޓިއެން މަގާމުން ވަކިކުރުމަށް ވަނީ ނިންމާފައެވެ.

އެއާއެކު އައު ކޯޗަކަށް ބާސާއިން ފާރަލަމުން އަންނައިރު، ޕޮޗެޓީނޯއަކީ އެ ކްލަބުގެ ފުރަތަމަ ޓާގެޓެވެ. މިދިޔަ އަހަރުގެ ނޮވެންބަރު މަހު ޓޮޓެންހަމްގެ ކޯޗުގެ ވަކިކުރި ޕޮޗެޓީނޯ އަދި ޓީމަކާ ހަވާލުވެފައެއް ނުވެއެވެ.

ޕޮޗެޓީނޯ ޓޮޓެންހަމްގެ ކޯޗުގެ މަގާމުން ވަކިކޮށްފައިވަނީ ފަސް އަހަރަށް ފަހުއެވެ. އޭނާ ވަނީ އެ ޓީމުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެ ޓީމަށް އަލަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދައިދީ ރަނގަޅު ޓީމެއް އެކުލަވާލިއެވެ.

ޕޮޗެޓީނޯ ހޯދަން ބާސާއިން މަސައްކަތް ކުރަމުން އަންނައިރު، މީގެ ކުރިން އޭނާ ހޯދުމަށް ރެއާލް މެޑްރިޑާއި، ބަޔާން މިއުނިކް އަދި މެންޗެސްޓާ ޔުނައިޓެޑުންވެސް ވަނީ މަސައްކަތް ކޮށްފައެވެ.

ބާސާއިން ޕޮޗެޓީނޯއަށް ފާރަލަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނިއިރު، ބާސާގެ ކޯޗުގެ މަގާމާ ހަވާލުވާން އެ ކްލަބުގެ ކުރީގެ ކުޅުންތެރިޔާ ޒަވީ ހެނާންޑޭޒް ތައްޔާރަށް ހުރި ކަމަށް އޭނާ ވަނީ ބުނެފައެވެ. އެގޮތުން ދާދި ފަހުން އަލް ސާދުގެ އެއްބަސްވުން ޒަވީ އާކޮށްފައިވަނީ ހާއްސަ އިހުތިޔާރެއްގެ ދަށުން ވަކި މުއްދަތެއްގެ ނޯޓިސް އެއް ދިނުމަށްފަހު އޭނާ ބޭނުންވާ ކްލަބަކަށް ބަދަލުވެވޭނެކަން ހިމަނާފައެވެ.

އަންނަ ސީޒަނަށް ބާސާއިން އައު ކޯޗެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނިއިރު، މި ސީޒަނުގައި މިހާތަނަށް އެއްވެސް ކާމިޔާބެއް ބާސާއަށް ހޯދިފައެއް ނުވެއެވެ. އެޓީމަށް ދެން ބާކީ އޮތީ ޗެމްޕިއަންސް ލީގު އެކަންޏެވެ. މި މަހު ޗެމްޕިއަންސް ލީގު އަލުން ފަށާއިރު، އަންނަ ހޮނިހިރު ދުވަހުގެރޭ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ބާސާއިން އަމިއްލަ ދަނޑުގައި ނާޕޮލީއާ ދެކޮޅަށް ނުކުންނާނެއެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 ން ދެ ޓީމު އެއްވަރުވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް
4 އޯގަސްޓް 2020 | އަންގާރަ 11:10
ޙަބެސް