ކ. މާލެ
|
2 އޯގަސްޓް 2020 | އާދީއްތަ 15:20
އެސްޓީއޯ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން
އެސްޓީއޯ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން
ޓްވިޓަރ
އެސްޓީއޯގެ އާންމު ޖަލްސާ
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 31ގެ ކުރިން ބާއްވަނީ
މިދިއަ އަހަރުގެ އަހަރީ ރިޕޯޓްވެސް އާންމު ޖަލްސާގެ ކުރިން އާންމު ކުރާނެ

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓީއޯ އިން ބުނީ، މިދިއަ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ވެސް ވީހާވެސް އަވަހަކަށް އާންމު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި، އަހަރީ އާންމު ޖަލްސާއަށް ބާއްވަންވާއިރަށް އަހަރީ ރިޕޯޓް އާންމު ކުރާނެ ކަމަށެވެ.

އެސްޓީއޯއިން ބުނީ، އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހެއް، ޖަލްސާގެ ނޯޓިހާއެކު އާންމު ކުރާނެ ކަމަށެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލުމާއި ޑިރެކްޓަރުންގެ ބޯޑުން ބެހުމަށް ނިންމާފައިވާ ހިއްސާގެ ފައިދާ ބަހަން ފާސްކުރުން އޮންނާނެއެވެ.

އެސްޓީއޯ އިން ވަނީ، އެ ކުންފުނީގެ މިއަހަރުގެ ދެވަނަ ކުއާޓަރގެ ރިޕޯޓް ދާދިފަހުން އާންމުކޮށްފައެވެ. މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް 1.299 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، 105 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވަނީ ލިބިފައެވެ.

ނަމަވެސް ކޮވިޑް-19 އާގުޅިގެން، ރާއްޖޭގެ އިގްތިޞާދަށް އައި ހީނަރުކަމުގެ ސަބަބުން، އެސްޓީއޯގެ އާމްދަނީ އާއި ސާފު ފައިދާ ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

- ކޮމެންޓް