2005 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހު ވަތަނިއްޔާގެ ނަމުގައި ދިވެހިންނަށް ތައާރަފުވެ ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ވިއުގައަށް އުރީދޫ މޯލްޑިވްސް އިން ވަނީ އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައެވެ.
ދިވެހިންގެ ޚިދުމަތުގައި 15 އަހަރު ފުރުމުގެ އުފާ އުރީދޫ މޯލްޑިވްސްއިން މިއަދު ފާހަގަކުރާއިރު، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އުރީދޫ މޯލްޑިވްސް އިން ވަނީ ކާމިޔާބުކަމާއެކު އެތަކެއް މޭލުގާތަކެއް ފުރިހަމަކޮށްފައެވެ. ތަފާތު ބޮޑެތި އިންވެސްޓްތަކާއި އެކު އުރީދޫގެ ކަސްޓަމަރުންނަށް އައު އީޖާދީ ޚިދުމަތްތަކެއް ތަޢާރަފުކޮށް، ދިވެހިރާއްޖޭގެ މުވާސަލާތީ ސިނާޢަތަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްދީފައިވެއެވެ. އުރީދޫގެ ތަސައްވުރާ އެއްގޮތަށް އުރީދޫ މޯލްޑިވްސްއިން އަބަދުވެސް މަސައްކަތްކުރަނީ މުޖުތަމައުގެ އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.
15 ވަނަ އަހަރީ ދުވަހުގެ އުފަލުގައި އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންގެ އަގު ވަޒަންކޮށް، ކުޑަ ހަދިޔާއެއްގެ ގޮތުން އެކުންފުނިން މިއަދު ވަނީ ހާއްސަ އޮފަރތަކެއް ތައާރަފުކޮށްފައެވެ. މި އޮފަރތަކުގެ ދަށުން ޕްރިޕެއިޑް ކަސްޓަމަރުންނަށް %50 އާއި ހަމައަށް ބޯނަސް ޑޭޓާ، މަންތްލީ ޑޭޓާ އެކްޓިވޭޓް ކުރައްވާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް %20 އިތުރު ޑޭޓާ، އޯގަސްޓް މަހުގެ ތެރޭގައި އެކްޓިވޭޓްކުރާ މައިފައި ޑިވައިސްތަކަށް ކުރައްވާ ރީޗާރޖްތަކަށް %15 ބޯނަސް ޑޭޓާ އަދި މީގެ އިތުރުން ސާރކް ގައުމުތަކަށް ކުރައްވާ އައިޑީޑީ ފޯން ކޯލްތަކުން %15 ޑިސްކައުންޓް ލިބިގެންދާނެއެވެ.
އިތުރު ޑޭޓާގެ ތަފްސީލު:
- 50 އާއި ހަމައަށް އިތުރު ޑޭޓާ - ޕްރިޕެއިޑް: އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުން މި އޯގަސްޓް މަހު އެކްޓިވޭޓް ކުރައްވާ ކޮންމެ މަންތްލީ ޑޭޓާ ޕެކަކާއި އެކު %50 އާއި ހަމައަށް އިތުރު ޑޭޓާ ލިބޭނެއެވެ.
- 20% އިތުރު ޑޭޓާ - ޕޯސްޓްޕެއިޑް: އުރީދޫ ޕޯސްޓްޕެއިޑް ކަސްޓަމަރުން މި އޯގަސްޓް މަހު އެކްޓިވޭޓް ކުރައްވާ ކޮންމެ މަންތްލީ ޑޭޓާ ޕެކަކާއި އެކު %20 ޑޭޓާ އިތުރަށް ލިބޭނެއެވެ.
- 15% އިތުރު ޑޭޓާ - ފަސޭހަ މައިފައި: އޯގަސްޓް މަހު ތެރޭގައި އެކްޓިވޭޓް ކުރައްވާ ފަސޭހަ މައިފައި ޑިވައިސްތަކަށް ކުރައްވާ ކޮންމެ ރީޗާރޖްއަކާއެކު %15 ޑޭޓާ އިތުރަށް ލިބޭނެއެވެ.
- އައިޑީޑީ ކޯލް ރޭޓްއިން %15 ޑިސްކައުންޓް: ސާކް ގައުމުތަކުގައި ތިއްބަވާ އާއިލާއާއި ރައްޓެހިންނަށް ފަސޭހަކަމާއެކު ގުޅާލުމަށް އޯގަސްޓް މަހު ތެރޭގައި ކުރައްވާ ކޯލްތަކުން %15 ލިބޭނެއެވެ. ޑިސްކައުންޓް ހޯދުމަށް ކަންޓްރީ ކޯޑްގެ ކުރިޔަށް 011 ޖެއްސެވުމަށް ފަހު ގުޅުމަށް އުރީދޫ އިން ވަނީ އެދިފައެވެ.
އަހަރީ ދުވަހުގެ އޮފަރ ކޮންމެތާކު ހުރެގެން ވެސް ފަސޭހަކަމާއިއެކު އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭއިރު، ކަސްޓްމަރުންނަށް މުޅި އޯގަސްޓް މަހަށް މި އޮފަރތައް ލިބިގެން ދާނެއެވެ.