Advertisement
ކ. މާލެ
|
12 އޭޕްރިލް 2017 | ބުދަ 21:32
މަޖިލީހުގެ ޖަލްސާކުރާ މާލަން
މަޖިލީހުގެ ޖަލްސާކުރާ މާލަން
ޓްވިޓަރ
ޕޭ ކޮމިޝަން
ނޭޝަނަލް ޕޭ ކޮމިޝަން ނާއިބު ރައީސާއި ކޮމިޝަންގެ މެމްބަރުންގެ މުސާރަ ކަނޑައަޅައިފި
ޕޭ ކޮމިޝަންގެ ނައިބު ރައީސަށް މަހަކު 12،000ރ
ދެން ތިއްބަވާ ތިން މެމްބަރުންނަށް މަހަކު 10،000ރ
ކޮމިޝަންގެ ރައީސަކީ ފިނޭންސް މިނިސްޓަރު

ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ "ނޭޝަނަލް ޕޭ ކޮމިޝަން"ގެ ނާއިބު ރައީސާއި އެކޮމިޝަންގެ މެމްބަރުންގެ މުސާރަ ކަނޑައަޅާއިފި އެވެ.

ނޭޝަނަލް ޕޭ ކޮމިޝަންގެ ނާއިބު ރައީސާއި ކޮމިޝަންގެ މެމްބަރުންގެ މުސާރަ ކަނޑައެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުން ފޮނުއްވާފައިވާ ވުމާއި ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އެ މައްސަލަ ދިރާސާ ކުރައްވާ ނިންމާފައި ކޮމިޝަންގެ ނާއިބު ރައީސަށް އެލަވަންސް ގެގޮތުގައި 12،000ރ ކަނޑައެޅުމަށާއި ކޮމިޝަންގައި ދެން ތިއްބަވާ ތިން މެމްބަރުންގެ އެލަވަންގެ ގޮތުގައި 10،000ރ ކަމަށެވެ.

މާލިއްޔަތު ކޮމެޓީން އެގޮތަށް ނިންމައި މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި އެބިލް ފާސްކޮށްފައިވަނީ 52 މެމްބަރުންގެ އިއްތިފާގުން ނެވެ.

ފަސް މެމްބަރުން ހިމެނޭ ޕޭ ކޮމިޝަންގެ ރައީސަކީ ފިނޭންސް ފިނޭންސް މިނިސްޓަރެވެ.

އެކޮމިޝަން ހިނގަމުންދަނީ ފިނޭންސް މިނިސްޓްރީގެ ދަށުންނެވެ.

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް