ކ. މާލެ
|
31 ޖުލައި 2020 | ހުކުރު 23:04
އިންޑިއާގައި ރެންޑަމް ސާމްޕަލިންގ ކުރިޔަށް ގެންދަނީ
އިންޑިއާގައި ރެންޑަމް ސާމްޕަލިންގ ކުރިޔަށް ގެންދަނީ
ރޮއިޓަރސް
ކޮވިޑް-19، އިންޑިއާ
ކޮވިޑްގައި އިންޑިއާއިން މަރުވި މީހުންގެ އަދަދު އިޓަލީ ފަހަނައަޅައި ގޮސްފި
އިންޑިއާއަކީ މިބަލީގައި ދުނިޔޭގެ ތިންވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ގައުމު
އިންޑިއާއަކީ ފަސްވަނައަށް މިބަލީގައި އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމު

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާއިން މަރުވި މީހުންގެ އަދަދު އިޓަލީ ފަހަނައަޅައި ގޮސްފިއެވެ.

އިންޑިއާއިން މިހާތަނަށް މިބަލީގައި މަރުވި މީހުންގެ އަދަދު 36،000 ވުރެ އިތުރުވެފައިވާއިރު، އިންޑިއާއަކީ ފަސްވަނައަށް މިބަލީގައި އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމެވެ. ކުރިން ފަސްވަނައިގައި އޮތް އިޓަލީއިން މިބަލީގައި މަރުވެފައިވަނީ 35،141 މީހުންނެވެ.

އިންޑިއާއަކީ މިބަލީގައި ދުނިޔޭގެ ތިންވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ގައުމުވެސްމެއެވެ. އެގޮތުން އިންޑިއާއިން މިބައްޔަށް 1،693،879 (އެއްމިލިއަން ހަ ލައްކަ ނުވަދިހަ ތިންހާސް އަށްސަތޭކަ ހަތްދިހަ ނުވަ) މީހުން މިހާތަނަށް ވަނީ ޕޮޒިޓިވްވެފައެވެ.

ސާވޭތަކުން ދައްކާ ގޮތުގައި އިންޑިއާގައި އެންޓި ބޮޑީ ޓެސްޓުތައް އިތުރު ކޮށްފިނަމަ ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ދެގުނަ އިތުރުވާނެއެވެ.

އިންޑިއާއިން މިބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އެގައުމުގެ ވެރިރަށް ނިއު ދިއްލީއިންނެވެ. އެގޮތުން ދިއްލީގެ 60 އިންސައްތަ މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

އިންޑިއާއިން އެއް މިލިއަން މީހުންނަށް ބަލި ޖެހުނު ކަމަށް ރިޕޯޓުކޮށްފައިވަނީ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ. އަދި އެގައުމުން އެންމެ ފުރަތަމަ ކޭސް ފެނިފައިވަނީ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އިންޑިއާއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިލިއަނަކަށް އަރާފައިވަނީ އެ ޤައުމުން އެންމެ ފުރަތަމަ ބަލި ފެނުނުތާ 175 ދުވަސް ފަހުން ކަމަށް އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

- ކޮމެންޓް