ކ. މާލެ
|
31 ޖުލައި 2020 | ހުކުރު 19:40
އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން އަމްރު
އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން އަމްރު
ރައީސް އޮފީސް
އެސްޓީއޯގެ ދެވަނަ ކުއަރޓަރގެ
1.29 ބިލިއަން ރުފިޔާގެ އާމްދަނީއަކުން އެސްޓީއޯއަށް 105 މިލިއަން ރުފިޔާ ފައިދާ
ދެވަނަ ކުއަރޓަރގައި އެ ކުންފުންޏަށް ލިބިފައިވަނީ 1299 މިލިއަން ރުފިޔާގެ އާމްދަނީއެއް
އެ ކުންފުންޏަށް މިދިޔަ ކުއަރޓަރުގައި 358 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބުނު

މި އަހަރުގެ ދެވަނަ ކުއާޓަރުގައި 105 މިލިއަން ރުފިޔާގެ ސާފު ފައިދާ އެސްޓީއޯއަށް ލިބިއްޖެއެވެ.

އެސްޓީއޯއިން ނެރެފައިވާ ދެވަނަ ކުއަރޓަރގެ ކުއަރޓަރލީ ރިޕޯޓުން ދައްކާ ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯ އަށް ވަނީ ސާފު ފައިދާގެ ގޮތުގައި 105 މިލިއަން ރުފިޔާ ލިބިފައެވެ. އެހެންނަމަވެސް މިއަަހަރުގެ ފުރަތަމަ ކުއަރޓަރގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 358 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މާލީ ރިޕޯޓުން ދައްކާގޮތުން ދެވަނަ ކުއަރޓަރގައި އެ ކުންފުންޏަށް ލިބިފައިވަނީ 1.299 ބިލިއަން ރުފިޔާއެވެ. އެހެންނަމަވެސް އެ ކުންފުންޏަށް ފުރަތަމަ ކުއަރޓަރގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެސްޓީއޯގެ ފައިދާ އާއި އާމްދަނީ މިދިޔަ ކުއަރޓަރއާއި އަޅާ ބަލާއިރު ދަށްވިއިރު، ކޮވިޑް-19އާއި ގުޅިގެން އައި އިގްތިސާދީ ހީނަރުކަމުގެ އަސަރު ގިނަ ވިޔަފާރިތަކަށް ދަނީ ކުރަމުންނެވެ.

- ކޮމެންޓް