ކ. މާލެ
|
31 ޖުލައި 2020 | ހުކުރު 06:56
ސައުދީއަރަބިއާގެ ރަސްގެފާނު ސަލްމާން- ރަސްގެފާނު ސަލްމާނު އެޑްމިޓް ކުރީ ގޯލްބްލެޑަރ އާދަޔާޚިލާފަށް ދުޅަވެ، އާލާސްކަންފުޅާ އުޅުއްވުމުގެ ސަބަބުން
ސައުދީއަރަބިއާގެ ރަސްގެފާނު ސަލްމާން- ރަސްގެފާނު ސަލްމާނު އެޑްމިޓް ކުރީ ގޯލްބްލެޑަރ އާދަޔާޚިލާފަށް ދުޅަވެ، އާލާސްކަންފުޅާ އުޅުއްވުމުގެ ސަބަބުން
ސައުދީ ގެޒެޓް
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން
ސައުދީ ސަލްމާން ރަސްގެފާނުގެ ގޯލްބްލެޑަރ އޮޕަރޭޝަނަށް ފަހު ހަސްފަތާލުން ދޫކޮށްލައްވައިފި
އޮޕަރޭޝަން ކޮށްފައިވަނީ ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު
އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ކިންގް ފައިސަލް ހޮސްޕިޓަލްގައި
ހަސްފަތާލުގައި އެޑްމިޓް ކުރައްވާފައިވަނީ މިހިނގާ ޖުލައި މަހުގެ 20 ވަނަ ދުވަހު

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާންގެ ގޯލް ބްލެޑަރ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމަވާލުމަށްފަހު، ބުރާސްފަތި ދުވަހު ހަސްފަތާލުން ދޫކޮށްލައްވައިފިއެވެ.

ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކުރެއްވި ރަސްގެފާނު ސަލްމާން ކުރެއްވި ގޯލްބްލެޑަރ އޮފަރޭޝަން ކާމިޔާބު ކަމަށް ސައުދީ ޕްރެސް އެޖޭންސީން ނެރުނު ބަޔާނެއްގައި އޭރު ވަނީ ހާމަކޮށްފައެވެ. އެގޮތުން ރަސްގެފާނުގެ ގޯލްބްލެޑަރ ނެގުމުގެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ސައުދީގެ ވެރިރަށް ރިޔާދް ގައި ހުންނަ ސްޕެޝަލިސްޓް ހޮސްޕިޓަލެއް ކަމަށްވާ ކިންގް ފައިސަލް ހޮސްޕިޓަލްގައެވެ.

"ސައުދީ ގެޒެޓް"ގައި ރިޕޯޓް ކޮށްފައިވާ ގޮތުން ރަސްގެފާނު ސަލްމާނު ވަނީ "ލެޕަރޯސްކޯޕިކް ސަރޖަރީ" އެއްގެ ދަށުން ގޯލްބްލެޑަރ ނަންގަވާފައެވެ. އަދި ފަރުވާއަށްފަހު ހަސްފަތާލުން ދޫކޮށްލާފައިވަނީ މިހިނގާ ޖުލައި މަހުގެ 31 ވަނަ ދުވަހުއެވެ. އަދި މިވަގުތު ރަސްގެފާނު ސަލްމާނުގެ ސިއްޙީ ހާލުކޮޅުވެސް ރަނގަޅުކަމަށް ސައުދީގެ ނޫސްތަކާ ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ރަސްގެފާނުގެ އުމުރުފުޅުން 84 އަހަރު ވެފައއިވާއިރު، ގޯލްބްލެޑަރ އާދަޔާޚިލާފަށް ދުޅަވެ، އާލާސްކަންފުޅާ އުޅުއްވުމުގެ ސަބަބުން ހަސްފަތާލުގައި އެޑްމިޓް ކުރައްވާފައިވަނީ މިހިނގާ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ.

- ކޮމެންޓް