ކ. މާލެ
|
30 ޖުލައި 2020 | ބުރާސްފަތި 18:49
ބާސެލޯނާގެ ލެޖެންޑް ޒަވީ ހެނާންޑޭޒް: އޭނާ މިހާރު އިރުޝާދު ދެމުން އަންނަނީ ގަތަރުގެ އަލް ސާދަށް
ބާސެލޯނާގެ ލެޖެންޑް ޒަވީ ހެނާންޑޭޒް: އޭނާ މިހާރު އިރުޝާދު ދެމުން އަންނަނީ ގަތަރުގެ އަލް ސާދަށް
އޭއެފްޕީ
ޒަވީ ކޮވިޑް-19ން ރަނގަޅުވުން
ކޮވިޑް-19ން ރަނގަޅުވެ ޒަވީ އެނބުރި ފަރިތަކުރުންތަކަށް
ކޮވިޑް-19ށް ޕޮޒިޓިވް ވިކަން ޒަވީ ހާމަކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު
ކޮވިޑް-19ން ސަލާމަތްވެ، އަލް ސާދުގެ ފަރިތަކުރުންތަކުގައި ޒަވީއަށް ބައިވެރިވެވޭނެކަން ޑޮކްޓަރުން ވަނީ ހާމަކޮށްފައި

ބާސެލޯނާގެ ލެޖެންޑް ޒަވީ ހެނާންޑޭޒް ކޮވިޑް-19ން ރަނގަޅުވެ އަލް ސާދުގެ ފަރިތަކުރުންތަކުގައި ބައިވެރިވެއްޖެއެވެ.

ކޮވިޑް-19ށް ޕޮޒިޓިވް ވިކަން ޒަވީ ހާމަކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އޭނާގެ އޮފިޝަލް އިންސްޓަގްރާމްގައެވެ. އެކަމަކު ބުރާސްފަތި ދުވަހު އިންސްޓަގްރާމްގައި ކުރި އިތުރު ޕޯސްޓެއްގައި ޒަވީ ބުނީ ކޮވިޑް-19ން ސަލާމަތްވެ، އަލް ސާދުގެ ފަރިތަކުރުންތަކުގައި ބައިވެރިވެވޭނެކަން ޑޮކްޓަރުން ހާމަކޮށްފައިވާ ކަމަށެވެ. އަދި ކޮވިޑް-19ށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާއަށް މީހުން ފޮނުވި މެސެޖުތަކަށް ޝުކުރު އަދާކުރާ ކަމަށްވެސް ޒަވީ ވަނީ ބުނެފައެވެ.

ކޮވިޑް-19ން ރަނގަޅުވެ އަލް ސާދުގެ ފަރިތަކުރުންތަކަށް ޒަވީ ނުކުތްއިރު، ދާދި ފަހުން އޭނާ ވަނީ ހާއްސަ އިހުތިޔާރެއް ލިބޭ ގޮތަށް އަލް ސާދުގެ އެއްބަސްވުން އާކޮށްފައެވެ. އަލް ސާދުގެ އެއްބަސްވުން ޒަވީ އާކޮށްފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށެވެ. މި އެއްބަސްވުމުގައި ވަނީ ޒަވީއަށް ހާއްސަ އިހުތިޔާރެއްގެ ދަށުން ވަކި މުއްދަތެއްގެ ނޯޓިސް އެއް ދިނުމަށްފަހު އޭނާ ބޭނުންވާ ކްލަބަކަށް ބަދަލުވެވޭނެކަން ހިމަނާފައެވެ.

ހާއްސަ އިހުތިޔާރެއް ލިބޭ ގޮތަށް އަލް ސާދުގެ އެއްބަސްވުން ޒަވީ އާކުރިއިރު، ބާސެލޯނާގެ ކޯޗަކަށް ޒަވީ ހަމަޖެއްސުމަށް އެ ކްލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.

ސްޕެއިންގެ އިތުރުން ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށްވާ ޒަވީ އަލް ސާދަށް ބަދަލުވީ 2015 ވަނަ އަހަރެވެ. އެ ޓީމަށް ކުޅެދިނުމަށް ފަހު ޒަވީ ކޯޗެއްގެ ރޯލުގައި އެ ޓީމާ ހަވާލުވީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. ޒަވީގެ އިރުޝާދުގެ ދަށުން އަލް ސާދުން ވަނީ ގަތަރު ކަޕާއި ގަތަރު ސުޕަ ކަޕްގެ ތަށި އުފުލާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް