ކ. މާލެ
|
30 ޖުލައި 2020 | ބުރާސްފަތި 17:52
ދަތުރުވެރިންގެ މާރުކޭޓުން އާންމުން ތަކެތި ގަންނަނީ
ދަތުރުވެރިންގެ މާރުކޭޓުން އާންމުން ތަކެތި ގަންނަނީ
ސިމާހާ ނަސީމް
މާރުކޭޓު ގޮޅިތައް
މާރުކޭޓު ގޮޅިތަކުގެ ޝަކުވާ އިންތިހާއަށް!
ދަތުރުވެރިންގެ މާރުކޭޓު ހުޅުވާފައިވަނީ ޖުލައި މަހުގެ 1 ވަނަ ދުވަހު

ދަތުރުވެރިންގެ މާރުކޭޓު އަލުން ހުޅުވާލާފައިވާއިރު އެ މާރުކޭޓުގައި ކުރިން ވިޔަފާރި ކުރަމުންދިޔަ ބައެއް މީހުން ވަނީ ވަޅޯމަސް މާރުކޭޓުން ޖާގަ ދޫކޮށް އެތަނަށް ބަދަލުކޮށްފައެވެ.

އެ ސަރަހައްދުގެ ވިޔަފާރިވެރިން ވަނީ މާރުކޭޓުގެ ގޮޅިތައް ކުޑަކަމުންނާއި ވަކި އުސް މިނަކަށްވުރެން މަތިން އެއްޗެހި ނުބެހެއްޓޭތީ އެކަމުގައި ހުރި ކަންބޮޑުވުންތައް ރާއްޖެއެމްވީއާ ހިއްސާކޮށްފައެވެ.

ރާއްޖެއެމްވީއާ ވާހަކަ ދެއްކި ވިޔަފާރިވެރިޔަކު ބުނެފައިވަނީ ގޮޅި ކުޑަކަމުން އެތަނަށް ވަންނަން ވެސް އުނދަގޫ ކަމަށާއި ތަކެތި ބެހެއްޓުމުގައި ވެސް ދަތިތަކާއި ދިމާވާ ކަމަށެވެ. އަދި މާރުކޭޓު ގޮޅިތައް ކުޑަވެފައި ސަރުކާރަށް ދައްކަން ޖެހޭ ފީ ބޮޑުކަމަށް ވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ.

މީގެ އިތުރުން އިތުރު ވިޔަފާރިވެރިޔަކު ބުނީ ގޮޅިތަކުގައި ކަބަޑު ސެޓް ޖަހާއިރު ވެސް އުސްމިން ހުންނަން ޖެހޭނީ ވަކި ވަރެއްގައި ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވާ ކަމަށެވެ.

ރާއްޖޭގެ ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތާނގައި ބިދޭސީން ގެންގުޅެވޭ ކަމަށާއި އެހެންނަމަވެސް މާރުކޭޓުގައި އެކަން އެގޮތަށް ނުވާންވީ ކީއްވެތޯ ބުނެ ވިޔަފާރިވެރިޔަކު ވަނީ ސުވާލު އުފައްދާފައެވެ.

މާރުކޭޓު ގޮޅިތައް އަލުން ހުޅުވިއިރު މާލެސިޓީ ކައުންސިލުން ވަނީ ބިދޭސީން ވިޔަފާރި ކުރުމަށްޓަކައި ނުބޭތިއްބެވޭނެ ކަމަށް ބުނެފައެވެ. އަދި އެއްބަސްވުން ވެސް އެގޮތަށް ހަދާފައިވާއިރު ގޮޅީގެ ވެރިފަރާތަކަށް ހުރެވޭނީ ރަޖިސްޓްރީ ކުރާ ދިވެހި މީހާ އާއި ދިވެހި އެހީތެރިޔަކަށް އެކަންޏެވެ. އަދި އެމީހާ ނޫން އެހެން ދިވެހި މީހަކަށް ވެސް އެ ގޮޅީގައި ނުހުރެވެއެވެ. އެކަމާއި ވެސް ވިޔަފާރިވެރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ކާބޯތަކެތި ވިއްކާ މާރުކޭޓްތައް އަލުން ހުޅުވާފައިވާއިރު މި ތަންތާނގައި ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 އާ ގުޅިގެން ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ބަލި ފެތުރުން މަދުކުރުމަށްޓަކާ ރައްކާތެރިކަމަުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އަމަލުކުރަންވީ ގޮތުގެ އުސޫލުގައި ބުނެފައިވެއެވެ.

އަދި، ފައިސާ ބަލައި ގަތުމުގައި ވީވަރަކުން ކޭޝްލަސް ޕޭމަންޓް ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް އުސޫލުގައި ބުނެފައިވެއެވެ.

- ކޮމެންޓް