ކ. މާލެ
|
29 ޖުލައި 2020 | ބުދަ 12:17
ބްރެޒިލްގެ މިޑްފީލްޑަރު އާތޫރް މެލޯ: އޭނާ ވަނީ ޔުވެންޓަސްއަށް ސޮއިކޮށްފައި
ބްރެޒިލްގެ މިޑްފީލްޑަރު އާތޫރް މެލޯ: އޭނާ ވަނީ ޔުވެންޓަސްއަށް ސޮއިކޮށްފައި
ގެޓީ އިމޭޖަސް
އާތޫރަށް ފިޔަވަޅު އެޅުން
އާތޫރަށް ބާސާއިން ފިޔަވަޅު އަޅަނީ
މިދިޔަ ޖޫން މަހުގެ ފަހުކޮޅު ބާސާއިން ވަނީ އާތޫރް ޔުވެންޓަސްއަށް ވިއްކާލާފައި
ބާސާގެ ފަރިތަކުރުންތަކަށް އާތޫރް ހާޒިރެއްނުވޭ

އަންނަ ސީޒަނުގައި ޔުވެންޓަސްއަށް ބަދަލުވާން ހުރިހާ ކަމެއް ނިމިފައިވާ ބްރެޒިލްގެ މިޑްފީލްޑަރު އާތޫރް މެލޯއަށް ފިޔަވަޅު އަޅަން ބާސެލޯނާއިން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ ޖޫން މަހުގެ ފަހުކޮޅު ބާސާއިން ވަނީ އާތޫރް ޔުވެންޓަސްއަށް ވިއްކާލާ، ޔުވެންޓަސްއަށް ކުޅެމުން އަންނަ ބޮސްނިއާ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗްގެ ސޮއި ހޯދާފައެވެ. ބާސާގެ މެދުތެރެއަށް ކުޅެމުން އަންނަ އާތޫރް ޔުވެންޓަސްއަށް ވިއްކާލީ 72 މިލިއަން ޔޫރޯއަށެވެ. ޔުވެންޓަސްއާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއް އާތޫރް ހެދިއިރު، ބޯނަހުގެ ގޮތުގައި އިތުރު 10 މިލިއަން ޔޫރޯ ޔުވެންޓަސްއިން ބާސާއަށް ދައްކާނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ބާސާއިން އާތޫރަށް ފިޔަވަޅު އަޅަން އުޅޭ ކަމަށް ރިޕޯޓުކޮށްފައިވަނީ ކުރިއަށް އޮތް ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސާއަށް ކުޅެން އޭނާ ދެކޮޅު ހަދާތީއެވެ. ޗެމްޕިއަންސް ލީގުގައި ކުޅޭ ބާސާގެ ސްކޮޑުގައި އާތޫރް ހިމަނާފައިވާއިރު، ރިޕޯޓުތައް ބުނާ ގޮތުން އޭނާ ވަނީ އިތުރު މެޗެއް ބާސާއަށް ނުކުޅެން ނިންމާފައެވެ. އެގޮތުން ބްރޭކަކަށްފަހު އަދި ބާސާއިން އަންގާރަ ދުވަހު އަލުން ފަރިތަކުރުންތައް ފެށިއިރު، އޭނާ ފަރިތަކުރުންތަކަށް ހާޒިރުނުވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

އެހެންކަމުން އާތޫރަށް ފިޔަވަޅު އަޅަން ބާސާގެ ބޯޑުން މިހާރު ނިންމާފައިވާ ކަމަށާއި، ޗެމްޕިއަންސް ލީގުގައި އާތޫރް ނުކުޅެފިނަމަ އޭނާ ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ބާސާގެ ފަރިތަކުރުންތަކަށް އާތޫރް ނުކުމެފައި ނުވާއިރު، ރިޕޯޓުތައް ބުނާ ގޮތުން އާތޫރް މި ވަގުތު ބްރެޒިލްގައި ހުރިއިރު، އޭނާ ދެން ޔޫރަޕަށް ދާނީ ސެޕްޓެމްބަރު މަހު ޔުވެންޓަސްއާ ރަސްމީކޮށް ގުޅެންށެވެ.

2018 ވަނަ އަހަރު ގްރެމިއޯއިން ބާސާއަށް ބަދަލުވި އާތޫރް ޔުވެންޓަސްއަށް ވިއްކާލުމުން ބާސާގެ ގިނަ ސަޕޯޓަރުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ. ބާސާގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އާތޫރް ވަނީ މިހާތަނަށް ބާސާއަށް ކުޅެދިން 72 މެޗުގައި ހަތަރު ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ ބާސާއާއެކު މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގުވެސް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް