ކ. މާލެ
|
29 ޖުލައި 2020 | ބުދަ 09:30
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް19- އެހީގެ ޕެކެޖް
ވިޔަފާރިކުރާ ފަރާތްތަކަށް އެހީވުމަށް 198 މިލިއަން ރުފިޔާ ދޫކޮށްފި
މިހާތަނަށް ލޯނުގެ ގޮތުގައި 1427 ފަރާތަކަށް 198 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ
ލޯނުގެ އިންޓަރެސްޓް ރޭޓަކީ 4 އިން ސައްތަ

‏ކޯވިޑް- 19 އާއި ގުޅިގެން އިޤްތިސާދީ ގޮތުން ލިބިފައިވާ ހީނަރުކަން ކުޑަ ކުރުމަށް, ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަމިއްލަ ވިޔަފާރި ކުރާ ފަރާތްތަކަށް 198 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެެވެ.

އަމިއްލަ މަސައްކަތްކުރާ ފަރާތްތައް އަދި ފްރީލާންސް މަސައްކަތްތެރީންނަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ން ދޫކުރި ލޯންތަކުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާއިރު، މިހާތަނަށް ލޯނުގެ ގޮތުގައި 1427 ފަރާތަކަށް 198 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 1012 ވިޔަފާރިއަކަށް ދޭން ނިންމި 185.6 މިލިއަން ރުފިޔާއާއި 415 އަމިއްލަ ފަރާތަކަށް ދޭން ނިންމި 12.4 މިލިއަން ރުފިޔާގެ ލޯނެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުމްލަ 1،663 ފަރާތަކަށް 293 މިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ސެންކްޝަންކޮށްފައިވެއެވެ. އެސްޑީއެފްސީން ވިޔަފާރީތަކަށް އެހީތެރިވުމަށް ލޯނު ދޫކޮށްފައިވާއިރު މީގެ ކުރިން އެސްޑީއެފްސީން ލޯނު ނަގާފައިވާ ފަރާތްތަކަށް އެ ލޯނު އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ފަސް ކުރުމަށް ވަނީ ނިންމާފައެވެ.

ލޯނާއި ލޯނުގެ އިންޓްރެސްޓް އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ފަސްކުރުމުގެ އިތުރަށް، އެ މުއްދަތުގެ ތެރޭގައި ލޯނުގެ އިންޓްރެސްޓް ރޭޓަކީ %4 ކަމުގައި ވަނީ ހަމަޖައްސާފައެވެ. މި ނިންމުމަކީ ކޮވިޑް-19 އާ ގުޅިގެން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އެސްޑީއެފްސީން ނިންމި ނިންމުމެކެވެ.

- ކޮމެންޓް