ކ. މާލެ
|
28 ޖުލައި 2020 | އަންގާރަ 16:44
ޝަންހާއީ އެސްއައިޕީޖީއަށް ކުޅެމުން އަންނަ އޮސްކާ: އޭނާ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލަށް ކުޅެދީފައި
ޝަންހާއީ އެސްއައިޕީޖީއަށް ކުޅެމުން އަންނަ އޮސްކާ: އޭނާ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލަށް ކުޅެދީފައި
ގެޓީ އިމޭޖަސް
ޗައިނާއަށް ކުޅެން އޮސްކާ ބޭނުންވުން
ފުރުސަތު ލިބިއްޖެނަމަ ޗައިނާގެ ގައުމީ ޓީމަށް ކުޅެން ތައްޔާރު: އޮސްކާ
ޗެލްސީ ދޫކޮށް ޗައިނީސް ސުޕަ ލީގަށް އޮސްކާ ބަދަލުވީ 2017 ވަނަ އަހަރު
އޮސްކާ ވަނީ 2014 ވަނަ އަހަރު ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމާއެކު ފީފާ ވޯލްޑް ކަޕްގައި ކުޅެފައި

ފީފާގެ ގަވާއިދުގެ ތެރެއިން ހުއްދަ ލިބިއްޖެނަމަ ޗައިނާގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެން ތައްޔާރަށްހުރި ކަމަށް ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެދީފައިވާ އޮސްކާ ބުނެފިއެވެ.

ފީފާގެ ގަވާއިދު މިހާރު އޮތްގޮތުންނަމަ އޮސްކާއަށް ޗައިނާގެ ގައުމީ ޓީމަށް ކުޅެވޭނެ ޖާގައެއް ނެތެވެ. ފީފާ ގަވާއިދު ބުނާ ގޮތުންނަމަ ފީފާގެ ބޮޑު މުބާރާތެއްގައި ގައުމީ ޓީމު ތަމްސީލުކޮށްފިނަމަ، އެހެން ގައުމެއްގެ ގައުމީ ޓީމަށް ނުކުޅެވޭނެއެވެ. އޮސްކާ ވަނީ 2014 ވަނަ އަހަރު ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމާއެކު ފީފާ ވޯލްޑް ކަޕްގައި ކުޅެފައެވެ.

ޗައިނީސް ސުޕަ ލީގުގެ ޝަންހާއީ އެސްއައިޕީޖީއަށް ކުޅެމުން އަންނަ އޮސްކާ ބުނީ ފީފާގެ ގަވާއިދުގެ ތެރެއިން ޗައިނާގެ ގައުމީ ޓީމަށް ކުޅެން ފުރުސަތު ލިބިއްޖެނަމަ އޭނާ އެ ފުރުސަތުގެ ބޭނުން ހިފާނެ ކަމަށާއި، ސަބަބަކީ ބްރެޒިލްގެ ސްކޮޑް މިހާރު އޮތް ގޮތުންނަމަ އަލުން ބްރެޒިލްގެ ޓީމުން ޖާގަ ހޯދުން އެއީ އުނދަގޫ ކަމަކަށް ވުމުން ކަމަށެވެ.

އޮސްކާ އިތުރަށް ބުނީ ޗައިނާގެ ގައުމީ ޓީމަށް މޮޅު މިޑްފިލްޑަރަކު ބޭނުންވާ ކަމަށާއި، ޗައިނާގެ ގައުމީ ފުތްބޯޅަ ޓީމުގެ މެދުތެރޢގައި އޭނާގެ ބޭނުން ވަރަށް ރަނގަޅަށް ހިފޭނެ ކަމަށެވެ.

ޗެލްސީ ދޫކޮށް އޮސްކާ ޗައިނާގެ ޝަންހާއީ އެސްއައިޕީޖީއަށް ބަދަލުވީ 2017 ވަނަ އަހަރުގައެވެ. ބްރެޒިލްގެ ގައުމީ ޓީމަށް 48 މެޗު ކުޅެދިން އޮސްކާ އެންމެ ފަހުން ބްރެޒިލްގެ ޓީމާއެކު ފެނިގެންދިޔައީ 2015 ވަނަ އަހަރުގައެވެ. އޭގެ ފަހުން ބްރެޒިލްގެ ގައުމީ ޓީމުން އޭނާއަށް ފުރުސަތެއް ނުލިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް