ކ. މާލެ
|
28 ޖުލައި 2020 | އަންގާރަ 15:56
ބަޔާން މިއުނިކްގެ ފޯވާޑް ރޮބަޓް ލެވެންޑޯސްކީ: މި ސީޒަނުގެ ބަލޮންޑޯ އޭނާއަށް ހައްގު ކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ
ބަޔާން މިއުނިކްގެ ފޯވާޑް ރޮބަޓް ލެވެންޑޯސްކީ: މި ސީޒަނުގެ ބަލޮންޑޯ އޭނާއަށް ހައްގު ކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ
ގެޓީ އިމޭޖަސް
ބަލޮންޑޯ އެވޯޑް ކެންސަލް ކުރުން
"ލެވަންޑޯސްކީއަށް ބަލޮންޑޯ ހައްގު، އެވޯޑް ކެންސަލް ކުރުން އިންސާފުވެރިއެއް ނޫން"
ބަލޮންޑޯ އެވޯޑް ކެންސަލް ކުރީ ކޮވިޑް-19 އާ ގުޅިގެން
މި ސީޒަނުގައި ލެވަންޑޯސްކީ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައި

ބަލޮންޑޯ އެވޯޑް މިއަހަރު ނުދޭ ގޮތަށް ނިންމި ނިންމުމަކީ ފޯވާޑް ރޮބަޓް ލެވަންޑޯސްކީއަށް އިންސާފުވެރިކޮށް ނިންމި ނިންމުމެއް ނޫން ކަމަށް ބަޔާން މިއުނިކްގެ ޗެއާމަން ކާލް-ހެއިންޒް ރުމެނިގާ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބަލޮންޑޯ އެވޯޑަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. ފްރާންސް ފުޓްބޯލް މަޖައްލާއިން ބަލޮންޑޯ އެވޯޑް ދޭއިރު، މީގެ ކުރިން މި އެވޯޑު ދެމުން އައީ ފީފާއާ ގުޅިގެންނެވެ. މި އެވޯޑާ ފީފާއާ ވަކިވި ނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން ފްރާންސް ފުޓްބޯލް މަޖައްލާއިން އަންނަނީ ގަވާއިދަށް ބަދަލުގެނެސް އެވޯޑް ދެމުންނެވެ. އެކަމަކު މި އަހަރު ކޮވިޑް-19 އާ ގުޅިގެން އެވޯޑް ކެންސަލް ކުރަން ފްރާންސް ފުޓްބޯލް މަޖައްލާއިން ވަނީ ނިންމާފައެވެ.

މިކަމާ ގުޅިގެން ބަޔާންގެ ޗެއާމަން ކާލް-ހެއިންޒް ރުމެނިގާ ވިދާޅުވީ މިއަހަރުގެ ބަލޮންޑޯ އެވޯޑް ކެންސަލް ކުރިއިރު، އެއީ އެ ކްލަބުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީއަށް އިންސާފުވެރިކޮށް ނިންމި ނިންމުމެއް ނޫން ކަމަށާއި، މި ސީޒަނަކީ ލެވަންޑޯސްކީއަށް ބަލޮންޑޯ އެވޯޑް ހައްގު ސީޒަނެއް ކަމަށެވެ. އަދި ކުއްލި ގޮތަކަށް ބަލޮންޑޯ އެވޯޑް ކެންސަލް ކުރުމަކީ އެ ކުޅުންތެރިޔާއަށްވެސް އެކަމުގެ ސަބަބުން އަސަރު ކުރާނެ ކަމެއް ކަމަށާއި، އެއަށްވުރެ އިންސާފުވެރިކޮށް އެކަން ކުރެވެން އޮތް ކަމަށްވެސް ވިދާޅުވިއެވެ.

މި ސީޒަނުގައި ލެވަންޑޯސްކީ ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ ޖުމްލަ 51 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ ބަޔާން އާއެކު މި ސީޒަނުގެ ޖަރުމަން ލީގުގެ އިތުރަށް ޖަރުމަން ކަޕްވެސް ކާމިޔާބުކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ބަލޮންޑޯ އެވޯޑް މިއަހަރު ނުދޭން ނިންމިއިރު، އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމާފައިވާ ފީފާގެ "ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް" ވަނީ ފަސްކޮށްފައެވެ. އެކަމަކު އެވޯޑް ހަފުލާ ދެން ބާއްވާނެ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް