ކ. މާލެ
|
28 ޖުލައި 2020 | އަންގާރަ 15:02
ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު: ސިޔާސީ ޓްވީޓްތަކަށް ކޮމެންޓްކޮށް. އަދި \"ލައިކް\" ނުދެއްވާ ކަމަށް ވިދާޅުވި
ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު: ސިޔާސީ ޓްވީޓްތަކަށް ކޮމެންޓްކޮށް. އަދި "ލައިކް" ނުދެއްވާ ކަމަށް ވިދާޅުވި
ޕޮލިސް
ދާއޫދު "ލައިކް" ނުދެއްވާ ކަމަށް ވިދާޅުވުން
ޓުވީޓަށް "ލައިކް" ދިން ކަމަށް ބުނާ ވާހަކަ ދާއޫދު ދޮގު ކުރައްވައިފި
ދާއޫދަކީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ބޭފުޅެއް
ސޯޝަލް މީޑިޔާގައި ސިޔާސީ އެއްވެސް ޕޯސްޓަކަށް ކޮމެންޓްކޮށް އަދި ލައިކް ދީފައި ނުވާނެ ކަމަށް ދާއޫދު ވިދާޅުވި
އޭނާއަށް އެނގިގެން މިފަދަ ނާތަހުޒީބު އެއްވެސް ޢަމަލެއް ކޮށްފައިނުވާނެ ކަމަށް ވިދާޅުވި
ކޮށްގެން ހުރި ފުލުހުންގެ ހުވަޔާއި ޚިލާފުވާނެ ފަދަ އެއްވެސް ޢަމަލެއް ނުކުރައްވާނެ ކަމަށް ވިދާޅުވި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލީ މުޑުދާރުކޮށް، ޖުޑީޝަރީ އަށް އަތްބާނައިގެން ކަމަށް ވިދާޅުވެ، އަދި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އިދިކޮޅު ސިޔާސީ ބޭފުޅަކު ކުރެއްވި ޓްވީޓަކަށް "ލައިކް" ދިން ކަމަށް ބުނާ ވާހަކަ، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދައޫދު ދޮގު ކުރައްވައިފިއެވެ.

"ރައީސް ޔާމީން ޖަލަށް ލީ ޖުޑީޝަރީއަށް އަތްބާނައިގެން ކަމަށް ބުނާ ވާހަކައަށް ދާއޫދު ތާއީދުކޮށްފި!" މި ސުރުހީގެ ދަށުން ރާއްޖެއެމްވީ ލިޔުނު ޚަބަރާ ގުޅިގެން، އަންގާރަ ދުވަހު ދާއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ސޯޝަލް މީޑިއާގައި ސިޔާސީ އެއްވެސް ޕޯސްޓަކަށް ކޮމެންޓްކޮށް އަދި ލައިކް ދީފައި ނުވާނެ ކަމަށެވެ. އަދި އޭނާއަށް އެނގިގެން މިފަދަ ނާތަހުޒީބު އެއްވެސް ޢަމަލެއް ކޮށްފައިނުވާނެ ކަމަށެވެ.

މީގެއިތުރުން ދާއޫދު ވިދާޅުވެފައިވަނީ، އޭނާ ކޮށްގެން ހުރި ފުލުހުންގެ ހުވަޔާއި ޚިލާފުވާނެ ފަދަ އެއްވެސް ޢަމަލެއް ނުކުރައްވާނެ ކަމަށެވެ.

ދާއޫދު "ލައިކް" ދީފައިވާ ކަމަށް ބުނާ ޓްވީޓަކީ، ކުރީގެ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ގާނޫނީ ވަކީލު އަދި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކޯލިޝަންގެ އިސް ސަފުގައި ހަރަކާތްތެރިވާ ޑރ. މުހައްމަދު ޖަމީލު އަހުމަދު ކުރެއްވި ޓްވީޓަކަށެވެ.

ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ހުރިހާ ކަމެއް ބޮއްސުންލައިފި ކަމަށެވެ. އަދި އިދިކޮޅު ލީޑަރު ޖަލަށްލީ މުޑުދާރުކޮށް ޖުޑިޝަރީއަށް އަތްބާނައިގެން ކަމަށެވެ.

މީގެއިތުރުން ޖަމީލުގެ މި ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ، މިހާރު ދިމާކޮށްފައިވަނީ މިނިވަންކަން ވިއްކާލަން ކަމަށާއި މުޒާހަރާ ކުރިއަށްދާނެ ކަމަށެވެ. އަދި އިދިކޮޅު ޕާޓީތަކުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފޮނިވާނެ ކަމަށާއި ހިލާ ޤައުމު ވިއްކައެއް ނުލެވޭނެ ކަމަށެވެ. ކުރިން ވެސް ނިމި ދިޔައީ ގަދަބަސް ބުނަނިކޮށް ކަމަށް ވެސް ޖަމީލު ވިދާޅުވެފައި ވެއެވެ.

ހޯމަ ދުވަހު ޖަމީލު ކުރެއްވި މި ޓްވީޓަކީ، އާދިއްތަ ދުވަހުގެ ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާގެ ފޮޓޯތަކަކާއެކު ކުރެއްވި ޓްވީޓެކެވެ.

ޖަމީލު ކުރެއްވި ޓްވީޓަށް ދާއޫދު "ލައިކް" ދިންކަމަށްބުނެ ދައުރުވާ ފޮޓޯ
ޖަމީލްގެ އެޓްވީޓަށް "ލައިކް" ދީފައިވާ ބައެއް މީހުން

ޖަމީލުގެ މި ޓުވީޓަށް ދައޫދު "ލައިކް" ދިން ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުގެ ދައޫދަށް ފާޑުކިޔުން ވަނީ އަމާޒު ވެފައެވެ.

- ކޮމެންޓް
28 ޖުލައި 2020 | އަންގާރަ 13:59
މީނާޖެހޭނީ ވަޒީފާއިން ވަކިކުރަން. ޓުވީޓް ނެގުމަކުން ނުފުދޭ. މީނައާއިދޭތެރޭ ފިޔަވަޅުވެސް އަޅަން ޖެހޭ.