ކ. މާލެ
|
28 ޖުލައި 2020 | އަންގާރަ 07:36
ލުބްނާންގެ ވެރިރަށް ބެއިރޫތްގެ އެއާޕޯޓުގައި ބަޔަކު ހަރަކާތްތެރިވަނީ
ލުބްނާންގެ ވެރިރަށް ބެއިރޫތްގެ އެއާޕޯޓުގައި ބަޔަކު ހަރަކާތްތެރިވަނީ
ރޮއިޓަރސް
ކޮވިޑް-19 ލުބްނާން
ކޮވިޑް-19ގެ ކޭސްތައް އިތުރުވެ، ލުބްނާނުން ދެވަނަ ލޮކްޑައުންއަކަަށް
ފާއިތުވި ދުވަސްތަކުގައި ކޭސްތަކުގެ ސްޕައިކެއް ވަނީ އައިސްފައި
ހައިރިސްކު ގައުމުތަކުން ލުބްނާން އަށް ދާ މީހުން ކަރަންޓީނު ވާނީ 48 ގަޑިއިރަށް

ލުބްނާނުގައި ކޮވިޑް-19ށް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު އިތުރުވަމުންދާތީވެ ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމައިފިއެވެ.

މި ފިޔަވަޅުތަކާއި އެކު ހޯމަ ދުވަހުން ފެށިގެން ކުރިޔަށް އޮތް ދެ ހަފްތާ އަށް އަޅުކަންކުރާ ތަންތަނާއި، ސިނަމާތަކާއި، ބާ ތަކާއި، ނައިޓް ކްލަބުތަކުގެ އިތުރުން ކުޅިވަރުގެ ހަރަކާތްތައް ބާއްވާ ތަންތަން ބަންދުކުރެވޭނެއެވެ.

ހުޅުވަން ހުއްދަ ދީފައިވަނީ ފިހާރަތަކާއި، އަމިއްލަ ކުންފުނިތަކާއި، ބޭންކުތަކުގެ އިތުރުން ކިޔަވައިދޭ ތަންތަނެވެ. އޮގަސްޓު މަހުގެ 10 އަކާއި ހަމަޔަށް އެތަންތަން ވެސް ހުޅުވޭނީ އަންގާރަ އަދި ބުދަ ދުވަހު އެކަނިއެވެ.

މި ލޮކްޑައުން ދިމާވަނީ މި ފަހަރުގެ އަލްޙާ އީދާއެވެ. އޮފިޝަލުން ވިދާޅުވީ، ފާއިތުވި ދުވަސްތަކުގައި ކޭސްތަކުގެ އަދަދު ކުއްލިއަކަަށް އިތުރުވެގެން ދިޔުމުން އެކަމަށް އިތުރު ސަމާލުކަމެއް ދެމުންދާ ކަމަށެވެ. ފާއިތުވި 24 ގަޑިއިރު ތެރޭގައި 132 މީހަކަށް ބަލިޖެހި، 8 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

ހައި ރިސްކު ކެޓަގަރީގައި ހިމެނޭ ގައުމުތަކުން ލުބްނާނަށް އެތެރެވާ މީހުން 48 ގަޑިިއިރަށް ކަރަންޓީން ވާން ޖެހޭއެވެ. އެހެނިހެން ސަރައްހަދުތަކުން އަންނަ މީހުން ކަރަންޓީން ވާން ޖެހޭނީ ގޭގައެވެ.

- ކޮމެންޓް