ކ. މާލެ
|
27 ޖުލައި 2020 | ހޯމަ 08:52
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު
ރައީސް އޮފީސް
ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް
ކޮންޓެކްޓް ޓްރޭސިންއަށް އަދިވެސް ސައްހަ މައުލޫމާތު ނުދޭކަން ފާހަގަކުރެވޭ: ޑރ. ނަޒްލާ
ކޮންޓެކްޓް ޓްރެސިން ހެދުމުގެ ބޭނުމަކީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުން
ސައްޚަ މައުލޫމާތު ނުދިނުމުގެ ސަބަބުން ބަލި ފެތުރުން އިތުރުވެގެންދޭ

ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމުން އޭނާގެ ކޮންޓެކްޓް ޓްރޭސިން ހަދަމުންދާއިރު ބައެއް ފަރާތްތަކުން އަދިވެސް ސައްހަ މައުލޫމާތު ނުދޭކަން ފާހަގަ ކުރެވޭ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އަދިއްތަ ދުވަހުގެ ރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ ބޭނުމުގެ ބޭނުމަކީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުން ކަމަށެވެ.

އެހެންކަމުން ކޮންޓެކްޓް ޓްރޭސިން ހަދަމުންދާއިރު ރަނގަޅު މައުލޫމާތު ދިނުން ވަރަށް މުހިއްމު ކަމަށެވެ.

ތަފްސީލުކޮށް ހުރިހާ މައުލޫމާތު ދިނުން މުހިއްމު. އަޅުގަނޑުމެން މިތާ މި ތިބެނީއަކީ އެއްވެސް ބަޔަކު ޖަޖުކުރާކަށް ނޫން. އަޅުނޑުމެންގެ މަގްސަދަކީ ވިހާވެސް ފަތްސީލްކޮށް އެމީހަކު ކޮންޓެކްޓްވި ފަރާތްތައް ހޯދުން
ޑރ. ނަޒްލާ ރަފީގް

ނަޒްލާ ވިދާޅުވީ ސައްހަ މައުލޫމާތު ނުދިނުމުގެ ސަބަބުން އިތުރަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދަމުންދާއިރު ކުރީގެ ޕޮޒިޓިވް ކޭސްއާ ކޮންމެވެސް ގޮތަކަށް ލިންކްވާ ފަރާތްތައް ހިމެނޭ ކަމަށެވެ.

ސައްހަ މައުލޫމާތު ކުރިން ދީފިނަމަ އެ ފަރާތްތައް ކޮންޓެކްޓްވި މީހުންގެ ގޮތުގައި ރަޖިސްޓަރކޮށް ކަރަންޓީންކޮށް، ސާމްޕަލް ނެގުމުގެ ކަންތައް ކުރިއަށް ދާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އިތުރު މީހުންނަށް އެކްސްޕޯސް ވުމުގެ ފުރުސަތު ކުޑަވެގެންދާނެކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

ސައްހަ މައުލޫމާތު ތަފްސީލުކޮށް ދިނުމަކީ ކޮވިޑް-19 ކޮންޓްރޯލްކޮށް ކޮންޓެކްޓް ޓްރޭސިން ރަނގަޅަށް ގެންދެވޭނެ ހަމައެކަނި ގޮތް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

- ކޮމެންޓް