ކ. މާލެ
|
21 ޖުލައި 2020 | އަންގާރަ 19:28
ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް އެތައް ޕްރޮގްރާމެއް އަންނަނީ ހިންގަމުން
ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް އެތައް ޕްރޮގްރާމެއް އަންނަނީ ހިންގަމުން
ސީ.އެން.އެން
ކޮވިޑް-19 ވެކްސިން އުފެއްދުން
އިންޑިއާއިން އުފައްދާ ވެކްސިން ނޮވެންބަރު މަހު ނެރެވޭނެ ކަމުގެ އުންމީދު އެގައުމުން ދީފި
ވެކްސިން އުފެއްދުމުގެ މަސައްކަތް ވަރަށް ކާމިޔާބު
އިންސާނުންގެ ތިންވަނަ ޓްރައަލް ފެށުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށޭނެ ކަމުގެ އުންމީދު އެބައޮތް
ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގެ 120ށް ވުރެ ގިނަ ޕްރޮގްރާމް ކުރިއަށްދޭ

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތްތައް ވަރަށް ކާމިޔާބު ކަމަށާއި، ނޮވެންބަރު މަހުގެ ތެރޭގައި ވެކްސިން ލިބޭނެ ކަމުގެ އުންމީދު އެގައުމުން ދީފިއެވެ.

ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ސީރަމް އިންސްޓިއުޓްގެ ސީއީއޯ އަދަރް ޕޫނަވަލާ ވިދާޅުވީ ވެކްސިން އުފެއްދުމުގެ މަސައްކަތް ވަރަށް ކާމިޔާބު ކަމަށާއި، ވެކްސިންގެ އިންސާނުންގެ ތިންވަނަ ޓްރައަލް ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އަންނަ ހަފްތާ ތެރޭގައި އިންސާނުންގެ ތިންވަން ޓްރަޔަލްގެ ފެށޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަދަރް ވިދާޅުވީ ވެކްސިން އުފެއްދުމަށް ކުރާ މަސައްކަތުގައި ޓްރަޔަލްތައް ކާމިޔާބުވާ ކަމުގައިވާނަމަ މިވެކްސިން މިއަހަރު ނޮވެންބަރު މަހުގެ ތެރޭގައި ލޯންޗް ކުރުމުގެ އުންމީދު ބޮޑު ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގެ 120ށް ވުރެ ގިނަ ޕްރޮގްރާމް ކުރިޔަށްދާއިރު އިންޑިއާގެ އެކި ކުންފުނިތަކުންވެސް ވެކްސިން އުފެއްދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިންޑިއާއަކީ ވެކްސިން އުފެއްދުމަށާއި ބޭސްތައް އުފެއްދުމުގައި ބޮޑު ހިއްސާއެއް އަދާކުރާ އެއް ގައުމެވެ.

ކަމާބެހޭ މާހިރުން ގަބޫލުކުރާ ގޮތުގައި ކޮވިޑް-19 އަށް ވެކްސިނެއް ލިބޭވަރު ވާނީ އަންނަ 2021 ވަނަ އަހަރުގެ މެދުތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
23 ޖުލައި 2020 | ބުރާސްފަތި 12:23
މުހަންމަދު.
އިންޑިޔާއިން ތިހެން އަވަސް އަރުވާލައިގެން ހަދާ ވެކްސިނެއް ބޭނުން ކުރަން ހެޔޮނުވާނެ. ކޮންމެ ކަމެއްގައިވެސް މަކަރާއި ހީލަތް.