Advertisement
ކ. މާލެ
|
11 އޭޕްރިލް 2017 | އަންގާރަ 21:41
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
މުހައްމަދު ޝަރުހާން
ކޯޓުތަކަށް ތަރުޖަމާނުން ހޯދުން
ޖުޑިޝަރީއިން ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުމުގެ ފުރުސަތު ހުޅުވާލައިފި
ޝަރީއަތް ކުރެވޭ ބަސް ނޭނގޭ ނުވަތަ ވާހަކަ ދެއްކުމާއި، އަޑު އިވުމުން މަހްރޫމްވެފައިވާ ޚަޞްމުންނާއި، ހެކިންނާއި، ޚަބީރުންނަށް ތަރުޖަމާނުންގެ އެހީތެރިކަން ލިބިގެންދާނެ

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ޝަރީއަތްތަކަށް ބޭނުންވާ ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަންގާރަ ދުވަހު ޑީޖޭއޭއިން ކޮށްފައިވާ އިއުލާނެއްގައި ވަނީ ޝަރުއީ ކޯޓުތަކަށް  ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ތަރުޖަމާނުން ހަމަޖައްސަންޖެހޭ ހާލަތްތަކުގައި، ފަސޭހަކަމާއެކު އެކަން ހަމަޖެއްސުމުގެ މަގު ޝަރުއީ ކޯޓުތަކަށް ފަހިކޮށްދިނުމުގެ ގޮތުން، ތަރުޖަމާނުންގެ ދަފްތަރެއް ޑީޖޭއޭގައި ގާއިމުކޮށްފައިވާ ކަމަށެވެ.

އެ ޖަދުވަލެއްގެ މައްޗަށް އެކުލަވާލެވިފައިވާ މި ދަފްތަރުގެ ޖަދުވަލު 1 ގައި ހިމެނެނީ، ބަސް ތަރުޖަމާކޮށްދޭ މީހުންގެ ލިސްޓެވެ. އަދި ޖަދުވަލް 2 ގައި ހިމެނެނީ ވާހަކަ ދެއްކުމާއި، އަޑުއިވުމުން މަހުރޫމްވެފައިވާ މީހުންގެ ތަރުޖަމާނުންގެ ލިސްޓެއް ކަމަށް ޑީޖޭއިން ބުނެއެވެ.

ޑީޖޭއޭއިން ބުނީ އެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ބޭނުންވާ ފަރާތްތަކުން، އެކަމަށްއެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާއި، އެޕްލިކޭޝަން ފޯމްގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ހުށަހެޅުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

ޑީޖޭއޭއިން ބުނީ ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތެއްގެ އެހީތެރިކަން ޝަރުއީ ކޯޓަކުން ހޯދައިފިނަމަ، ކަނޑައެޅިފައިވާ އުސޫލުން އުޖޫރަ ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް