ކ. މާލެ
|
18 ޖުލައި 2020 | ހޮނިހިރު 15:40
އެމްއެންޑީއެފްގެ ކޯސްޓްގާޑް ހަރަކާތްތެރިވަނީ: ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކަނޑުމަތީގައި ނުރައްކާތެރި ފަސް ހާދިސާއެއް ވަނީ ހިނގާފައި
އެމްއެންޑީއެފްގެ ކޯސްޓްގާޑް ހަރަކާތްތެރިވަނީ: ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކަނޑުމަތީގައި ނުރައްކާތެރި ފަސް ހާދިސާއެއް ވަނީ ހިނގާފައި
އެމްއެންޑީއެފް
ސަމާލުވުމަށް އިލްތިމާސް ކުރުން
އަޑިއަށް ދިޔަ ދޯނީގެ ބައިތައް އޮޔާ ދާތީވެ، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެދެފި
ދޯނި އަޑިއަށް ގޮސްފައިވަނީ މާލޭގެ އިރުން 17 ނޯޓިކަލް މޭލުން ހޮނިހިރު ދުވަހުގެ ހެނދުނު
ދޯނީގެ ބައިތައް އޮޔާ ގެންދަނީ އިރުދެކުނަށް ވާގޮތަށް

އަޑިއަށް ދިޔަ ދޯނީގެ ބައިތައް އޮޔާ ދާތީވެ، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޯލްޑިވްސް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން އެދެފިއެވެ.

އެމްއެންޑީއެފުން ބުނީ މަސްވެރިކަމަށް ނުކުމެ އުޅުނު "ކަނޑުރޯދި" ދޯނި އަޑިއަށް ގޮސްފައިވަނީ މާލޭގެ އިރުން 17 ނޯޓިކަލް މޭލުން ހޮނިހިރު ދުވަހުގެ ހެނދުނު 0630 ހާއިރުކަމަށެވެ. އަދި އަޑިޔަށް ދިޔަ ދޯނީގެ ބައިތައް އޮޔާ ގެންދަނީ އިރުދެކުނަށް ވާގޮތަށް ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ޚާއްޞަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ، ވިއްސާރަ ދުވަސް ވަރަކަށް ވެފައި، މޫސުމާ ބެހޭ ގައުމީ އިދާރާއިން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކަނޑުމަތީގައި ނުރައްކާތެރި ތަފާތު ފަސް ހާދިސާއެއްގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވާ ކަމަށެވެ. އޭގެތެރޭގައި މީހުންގެ ފުރާނައަށް ގެއްލުންވާ ފަދަ ހާދިސާތަކާއި، އުޅަނދުފަހަރު އަޑިއަށް ދިއުންފަދަ ހާދިސާތައް ހިނގާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

- ކޮމެންޓް