ކ. މާލެ
|
15 ޖުލައި 2020 | ބުދަ 23:34
ސެއިންޓް ވިންސެންޓްގެ ފޯވާޑް ކޯނެލިއަސް ސްޓެވާޓް: އޭނާ ވަނީ ނިމިދިޔަ ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައި
ސެއިންޓް ވިންސެންޓްގެ ފޯވާޑް ކޯނެލިއަސް ސްޓެވާޓް: އޭނާ ވަނީ ނިމިދިޔަ ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައި
މާޒިޔާ ސްޕޯރޓްސް ކްލަބް
ސްޓެވާޓްގެ އެއްބަސްވުން އާކުރުން
ސްޓެވާޓްގެ އެއްބަސްވުން މާޒިޔާއިން އާކޮށްފި
ސްޓެވާޓްގެ އެއްބަސްވުން އާކުރީ 2020-2021 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށް
މާޒިޔާއާ 2018 ވަނަ އަހަރު ގުޅުނު ސްޓެވާޓް އަންނަނީ އެޓީމުގައި ތާފާތު މޮޅު ކުޅުމެއް ދައްކަމުން

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެމުން އަންނަ ސެއިންޓް ވިންސެންޓްގެ ފޯވާޑް ކޯނެލިއަސް ސްޓެވާޓް (ކޯނޭ) ގެ އެއްބަސްވުން އާކޮށްފިއެވެ.

މާޒިޔާއިން ބުނީ ސްޓެވާޓްގެ އެއްބަސްވުން އާކުރީ ނިމިދިޔަ ސީޒަނުގައި ސްޓެވާޓް މާޒިޔާއާއެކު ތަފާތު މޮޅު ކުޅުމެއް ދައްކައިފާވާތީ 2020-2021 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށެވެ.

މާޒިޔާއާ 2018 ވަނަ އަހަރު ގުޅުނު ސްޓެވާޓް އަންނަނީ އެޓީމުގައި ތާފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި ނިމިދިޔަ ސީޒަނުގައި މާޒިޔާއިން ދިރާގު ދިވެހި ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދިއިރު ސްޓެވާޓްގެ ހިއްސާ ބޮޑެވެ. މީގެ އިތުރުން މާޒިޔާއިން މިއަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދިއިރު، ކޮލިފައިންގ ބުރުގައި މާޒިޔާއިން ކުޅުނު މެޗުތަކުގައިވެސް ސްޓެވާޓް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މިދިޔަ ސީޒަނުގައި ސްޓެވާޓް 18 ލަނޑު ކާމިޔާބުކުރިއިރު، ލީގުގައި ވަނީ 15 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ އޭއެފްސީ ކަޕްގައި ތިން ލަނޑު ކާމިޔާބުކޮށްފައެވެ.

2017 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށްވެސް ކުޅުނު ސްޓެވާޓް ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހޮވި 2018 ވަނަ އަހަރުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

މާޒިޔާއިން ސްޓެވާޓްގެ އެއްބަސްވުން އާކުރި ނަމަވެސް، އެޓީމުގެ މެސެޑޯނިއާގެ ކޯޗު މަރްޖާން ސެލުކޮސްލީގެ އެއްބަސްވުން ހަމަވުމުން އޭނާ ވަނީ ދޫކޮށްލާފައެވެ. މާޒިޔާއާއެކު ސެކުލޮސްކީ ހަދާފައިވާ އެއްބަސްވުން ހަމަވުމާއެކު، އޭނާ މިހާރު ވަނީ އެނބުރި ގައުމަށް ގޮސްފައެވެ. މި ދަނޑިވަޅުގައި ސެކުލޮސްކީގެ އެއްބަސްވުން އާ ނުކުރަން މާޒިޔާއިން ނިންމީ ކޮވިޑް-19 ގެ ސަބަބުން ކްލަބަކަށް ދިމާވެފައިވާ މާލީ ދަތިތަކާ ގުޅިގެންނެވެ.

މާޒިޔާއިން ބުނީ ސެލުކޮސްލީގެ ބަދަލުގައި އަންނަ ސީޒަނަށް ދިވެހި ކޯޗަކުގެ މާޒިޔާއަށް ހަމަޖެއްސުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ދެ ކޯޗަކާއެކު މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް ވަނީ ބުނެފައެވެ. އެކަމަކު އެއީ ކޮން ކޯޗުންނެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް