ކޮވިޑު ރޯގާއާ ގުޅިގެން ބޯޑަރު ބަންދުކުރުމަށްފަހު ބޯޑަރު ހުޅުވާލި ފުރަތަމަ ދުވަހު ރާއްޖެ އައިސްފައިވަނީ 212 މީހުން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
ބުދަ ދުވަހުގެ ރޭ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމިގްރޭޝަންގެ ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރ މުހައްމަދު ޝިފާން ވިދާޅުވީ ބުދަ ދުވަހު ރާއްޖެ އައި ފަރާތްތަކުގެ ތެރެއިން 102 ފަރާތަކީ ފަތުވެރިން ކަމަށާއި އޭގެތެރޭގައި ހިމެނެނީ ގަތަރު އެއަރވޭސް އިން އައި 101 ފަތުރުވެރިއަކާއި, ސްރީލަންކަން އެއަރލައިންސް އިން ރާއްޖެއައި އެއް ފަތުވެރިއެއް ކަމަށެވެ.
ބާކީ އައި ފަރާތްތަކަކީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނާއި މީގެ އިތުރަށް 38 ދިވެއްސެއް ކަމަށް ޝިފާން ވިދާޅުވިއެވެ. ބުދަ ދުވަހު ސްރީލަންކަން އެއަރލައިންސް އިން 107 މަސައްކަތްތެރިންނާއި 20 ޓުއަރިސްޓުން ފުރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ޓުއަރިސްޓުންނަކީ ރާއްޖޭގައި ކޮވިޑް-19 ފެތުރެންފެށިއިރު ތިބި ފަރާތްތަކެވެ.
ގަތަރު އެއަރވެސް އިން 104 މަސައްކަތް ތެރިންނާއި 58 ޓުއަރިސްޓުން އަދި ނުވަ ދިވެހިން ފުރާފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.
ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ މިއަހަރުގެ މާރޗް މަހުގެ 27 ގައެވެ. ބޯޑަރު ބަންދުކުރިތާ 110 ދިހަ ދުވަސް ފަހުން ބޯޑަރު ހުޅުވާލާފައިވަނީ މާރޗް މަހުގެ 15 ގައެވެ.