ކ. މާލެ
|
16 ޖުލައި 2020 | ބުރާސްފަތި 00:03
ބަންކާ މޯބައިލް ސެންޓަރު- ފިހާރަ ހުންނާނީ މަޖީދީމަގު ލެކިއުޓް ޖެހިގެން
ބަންކާ މޯބައިލް ސެންޓަރު- ފިހާރަ ހުންނާނީ މަޖީދީމަގު ލެކިއުޓް ޖެހިގެން
ރާއްޖެއެމްވީ
ބަންކާ މޯބައިލް ސެންޓަރ
ފަހުގެ މޯބައިލް ފޯނާއި އިލެކްޓްރޯނިކް ވަސީލަތްތަކާއެކު ބަންކާގެ ދެވަނަ ފިހާރަ ހުޅުވައިފި
މޯބައިލް ސެންޓަރު ހުޅުވައިދެއްވީ ޔޫތު މިނިސްޓަރ މަހުލޫފު
މިނިސްޓްރީން ހޮވިފައިވާ 25 ބައިވެރިއަކަށް ހިލޭ އިންޓަރނެޓް ލިބޭނެ ޕެކޭޖެއް ދީފައިވޭ
ފިހާރަ ހުންނާނީ މަޖީދީމަގު ލެކިއުޓް ޖެހިގެން

އެންމެ ފަހުގެ މޯބައިލް ފޯނާއި އިލެކްޓްރޯނިކް ވަސީލަތްތަކާއެކު ބަންކާ މޯބައިލް ސެންޓަރ ހުޅުވައިފިއެވެ.

ބުދަ ދުވަހުގެރޭ ބަންކާ މޯބައިލް ސެންޓަރު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފެވެ. ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފިހާރައިގެ ފަރާތުން ވަނީ ކޮމަންވެލްތް އޮފް ލަރނިންގ ގެ އޮންލައިން ކޯސްތަކަކަށް މިނިސްޓްރީން ހޮވިފައިވާ 25 ބައިވެރިއަކަށް ހިލޭ އިންޓަރނެޓް ލިބޭނެ ޕެކޭޖެއް ތައާރަފް ކޮށްދީފައެވެ.

މިހާރު އިއުލާނުކޮށްގެން ވަނީ ކުދިންވެސް ނެގިފައި، އޭގެ ތެރެއިން 25 ކުއްޖަކަށް ފިހާރައިން މިހާރު އެ ހަމަޖައްސައިދެނީ ހިލޭ އިންޓަރނެޓުގެ ޚިދުމަތް، އެއީ އަޅުގަނޑުމެން އެންމެ ކުރިންވެސް މަޝްވަރާތައް ކުރެވުނުއިރު ވަރަށް ބޮޑަށް ކިޔަވާކުދިންނަށް ހޯދައިދޭން ބޭނުންވެފައި އޮތް ފުރުސަތެއް
ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު
ބަންކާގެ ފަރާތުން ޔޫތު މިނިސްޓްރީއަށް ހަދިޔާ ކުރައްވާ ޕެކޭޖް ރަމްޒީގޮތުން ޙަވާލު ކުރައްވަނީ

މަޖީދީމަގު ލެކިއުޓް ޖެހިގެން ހުންނަ ބަންކާ މޯބައިލް ސެންޓަރަކީ ބަންކާގެ ދެވަނަ ފިހާރައެވެ. އެގޮތުން ބަންކާގެ ފުރަތަމަ ފިހާރަ ހުންނާނީ މަޖީދީ މަގު ގަލޮޅު ދަނޑާ ދިމާލުގައި ކަމަށް ބަންކާގެ ސީއީއޯ އަމީޒް މުޙައްމަދު ވިދާޅުވިއެވެ.

އަމީޒް ވިދާޅުވީ، އެންމެ ފުރަތަމަ ވިޔަފާރި ފަށައިގެން އައީ އައިބޭ މެދުވެރިކޮށް އޮންލައިންކޮށް ކަމަށާއި، ނަމަވެސް މިހާރު މަޑުމަޑުން ވިޔަފާރި ފުޅާވަމުންދާ ކަމަށެވެ.

މިކޮޅުން މިހާރު ލިބެން ހުންނާނެ ހަމަ ރާއްޖޭގައި އަދި ދުނިޔޭގައި މި ބޭނުންކުރާ ހުރިހާ ވައްތަރެއްގެ ފޯނުވެސް އަނެއްހެން ގާތްގަނޑަކަށް ހުންނާނެ ލިބެން، ހަމަ މާލެއިން ލިބޭނެ އެންމެ ހަމަ ރަނގަޅު އަގުގައި ލިބެން ހުންނާނެ އޮރިޖިނަލް ޕްރޮޑަކްޓްސްތައް،
ބަންކާގެ ސީއީއޯ އަމީޒް މުޙައްމަދު

ފިހާރައިގައި ފަހުގެ ފޯނުގެ އިތުރުން، ތަފާތު އެކި އިލެކްޓްރޯނިކް ސާމާނުތައްވެސް ލިބެންހުރިއިރު، ފޯނުގެ ތަފާތު އެކްސެސަރީސްވެސް ފިހާރައިން ލިބެން ހުއްޓެވެ.

މި ފިހާރަ ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:00ން މެންދުރު 12:00 އަށެވެ. އަދި މެންދުރު 13:30ން ހަވީރު 18:00, ރޭގަނޑު 20:00ން 22:30ށް ފިހާރަ ހުޅުވާފައި ހުންނާނެއެވެ. އޭގެ އިތުރުން، ހުކުރު ދުވަހު މެންދުރު 14:00ން ފެށިގެން ހަވީރު 18:00 ފިހާރަ ހުޅުވާފައި ހުންނައިރު، ރޭގަނޑުވެސް 20:00ން ފެށިގެން 22:30ށް ފިހާރަ ހުޅުވާފައި ހުންނާނެއެވެ.

- ކޮމެންޓް