Advertisement
ކ. މާލެ
|
11 އޭޕްރިލް 2017 | އަންގާރަ 02:29
އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް
އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް
ގޫގުލް
އިބްރާހީމް މުހައްމަދު ސޯލިޙް
މިހާރު އެދަނީ މަރުފަލި ޖަހަމުން، ދެން ބޮނޑި ބޯނީ: އިބޫ
ޤަވާއިދަށް ގެނައި ބަދަލު ޤާނޫނުއަސާސީއާ ޚިލާފް
އެޤަވާއިދުގެ ދަށުންވެސް މަސީހު ބޭރުކުރާނަން
ޔާމީނަށް މަޖިލީހުގެ އިތުބާރު އެދަނީ ގެއްލެމުން

ރައީސް އަބްދުﷲ ޔާމީނަކީ ޤާނޫންގައި އޮންނަ ގޮތަށް ކަންކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް ނޫން ކަމަށާއި މިހާރު އެދަނީ މަރުފަލި ޖަހަމުން ކަމަށާއި ދެން ބޯނީ ބޮނޑިކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

 

ރާއްޖެ ޓީވީން ހޯމަ ދުވަހުގެ ރޭ ގެނެސްދިން "60 މިނިޓްގައި" ގައި އިބޫ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކުރިން އޮތީ ސަރުކާރުގެ 64 މެންބަރުންގެ ބިޔަ އަޣްލަބިއްޔަތެއް ކަމަށާއި މިހާރު އެމެޖޯރިޓީ ތުނިވެގެން ގޮސް، ކިރިޔާ މެޖޯރިޓީ ހިފެހެއްޓޭ ވަރުގައި ކަމަށެވެ. 

 

ސަރުކާރުގެ ކޯލިޝަނަށް ތާއިދުކުރާ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުވުމަކީ އިބޫ ވިދާޅުވި ގޮތުގައި ރައީސް ޔާމީނުގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގަ އާއި ރައްޔިތުންގެ މަޖިލީހުގައި ވެއްޓެމުން ދިއުން ކަމަށް އިބޫ ވިދާޅުވިއެވެ.

 

"ރައީސް ޔާމީންގެ ޒަޢާމަތުގެ ފަހަތުގައި އޮންނަ ޕާލަމެންޓްރީ ގުރޫޕަކުންވިއަސް އަދި ވަޒީރުންގެ މަޖިލީހުން ކަމަށްވިއަސް ދާނީ އެއޮންނަ އުސޫލާ ޚިލާފަށް. އެއީ ރައްޔިތުންނަށް އޮޅިފައިވާ ކަމެއް ނޫން. މިހާރު އެދަނީ މަރުފަލި ޖަހަމުން ދެން ބޯނީ ބޮނޑި އެނގޭތޯ." އިބޫ ވިދާޅުވިއެވެ.

 

އިބޫ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ގެނައި އިސްލާހަކީ ޤާނޫން އަސާސީއާ ޚިލާފް އިސްލާހެއް ކަމަށާއި އެހެން ނަމަވެސް އެޤަވާއިދާ އެއްގޮތަށް 42 މެންބަރުންގެ ސޮޔާއެކުވެސް މަޖިލީހުގެ ރައީސް އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އެމަސައްކަތުގައި ނިކުންނެވީ ފަހަތަށް ޖެހޭ ގޮތަށް ނޫންކަމަށް ވެސް އިބޫ ވިދާޅުވިއެވެ

 

"ޤަވާއިދަށް އެވަނީ އިސްލާހު ގެނެސްފައި. އަޅުގަނޑުމެންނަކީ އަބަދުވެސް އޮންނަ ޤާނޫންތަކާ އެއްގޮތައް ޢަމަލް ކުރާ ބައެއް. މަޖިލީހުގައި ނިންމާ ކަންކަން ހިފައިގެން ކޯޓަށް ދެވޭނެ ކަމެއް ނޭނގޭ. އެކަމަކު މީގެ ކުރިން އެބަހުރި ސުޕްރީމް ކޯޓުން އަމިއްލައަށް ނަންގަވައިގެން އެފަދަ ނިންމުންތައް ބަދަލުކޮށްފައި. ދެން އެބޭފުޅުން ކުރައްވާނެ ކަމެއް ނުކުރައްވާނެ ކަމެއް ނޭނގޭ. އެކަމަކު އަޅުގަނޑުމެން މިމަސައްކަތައް ނިކުތީ ހުއްޓާލާކަށް ނޫން. ދެން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާނީ 42 މެންބަރުންގެ ސޮއިއާއެކު." އިބޫ ވިދާޅުވިއެވެ.

 

ގުޅިފައިވާ ޕާޓީތަކުން ކުރަމުން ގެންދާ މަސައްކަތުން، މަޖިލީހުގެ މެޖޯރިޓީ ހޯދާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް