ކޮވިޑް-19ން ރައްކާތެރިވުމަށް ބޭނުން ކުރެވިދާނެ ސާމާނު ދޯކާ އެފްސީގެ ފަރާތުން ޅ. ނައިފަރު މަދުރަސަތުލް އިފްތިތާހު ސްކޫލަށް ހަދިޔާކޮށްފިއެވެ.
މި ސާމާނު ސްކޫލާ ހަވާލުކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ހަފުލާއެއްގަވެ. މި ހަފުލާގައި މި ސާމާނު ސްކޫލުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދާ ހަވާލުކޮށްދެއްވީ ދޯކާ އެފްސީގެ ފަރާތުން މުޙައްމަދު ފިރާގެވެ.
މި ސާމާނުގެ އަގު 15،000ރ. އަށް އަރާނެ ކަމަށާއި، މި ސާމާނު ސްކޫލަށް ހަދިޔާކުރުމުގެ މައިގަނޑު ބޭނުމަކީ ކޮވިޑް-19ގެ މި ދަނޑިވަޅުގައި ސްކޫލުގެ ދަރިވަރުންނަށް އިތުރު ލުއިތަކެއް ހޯދައިދިނުން ކަމަށް ދޯކާ އެފްސީން ބުނެއެވެ.
ސްކޫލުގެ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ދިން އެހީ:
- 05 މޫނު ދޮންނަތަށި (ސްޓޭންޑް އަދި އިސްކުރުން) ސްކޫލުން ދައްކާތަނެއްގައި ހަރުކޮށްދިނުމުގެ މަސައްކަތާއެކު
- 05 ޓިޝޫ ޑިސްޕެންސަރ
- 05 ކޭސް ޓިޝޫ
- 12 ފުޅި ސެނިޓައިޒަރ (500 އެމްއެލްގެ)
- 02 ޕްރެޝަރ ސްޕްރެޔަރ
- 36 ފުޅި އެންޓިބެކްސް (480 އެމްއެލްގެ)
ދޯކާ އެފްސީން ކޮވިޑް-19ގެ މި ދަނޑިވަޅުގައި އެ ރަށު ސްކޫލަށް ދީލަތި އެހީއެއް ވިއިރު، އެ ޓީމުން އަންނަނީ ނައިފަރުގައި އިޖުތިމާއީ އެކިކަންކަމުގައިވެސް އެހީތެރިވަމުންނެވެ.