ކުރީގެ ރައީސް މައުމޫނު އަބްދުއްޤައްޔޫމްގެ ޕާސަނަލް އެސިސްޓެންޓް ޞަފްވާން ހޯދުމަށް ފުލުހުން އިއުލާންކޮށްފި އެވެ.
ރައީސް މައުމޫނު އަބްދުއްޤައްޔޫމްގެ ޕާސަނަލް ސެކެރެޓަރީގެ އިތުރުން، ޞަފްވާންއަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރެއްވެސްމެއެވެ.
ފުލުހުންކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ހޯދަމުންގެންދަނީ، ކ. މާލެ / މ.ހިމްމިޔާ، އަޙްމަދު ޞަފްވާން (38އ) ކަމަށް ފުލުހުން ބުނެ އެވެ.
މައްސަލައިގެ ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނެވެއެވެ.
Fuluhun thahuqeeq kuramundhaa massala akaai gulhigen meehaku hoadhanee https://t.co/QhAKhlzpsI pic.twitter.com/92CO3xB6HS
— Maldives Police (@PoliceMv) April 10, 2017