Advertisement
ކ. މާލެ
|
11 އޭޕްރިލް 2017 | އަންގާރަ 01:39
ޤާސިމް: މިހާރު ވަނީ ދޫނިދޫ ޖަލުގައި
ޤާސިމް: މިހާރު ވަނީ ދޫނިދޫ ޖަލުގައި
މުހައްމަދު ޝަރުހާން
ޤާސިމް ހައްޔަރުކުރުން
ޤާސިމް ހައްޔަރުކުރި މައްސަލަ އެމްނެސްޓީއާ ހިއްސާ ކޮށްފި
މައްސަލަ ހިއްސާ ކުރެއްވީ ނައިބު ލީޑަރ އަމީނާއި ސޮބާހު ރަޝީދު

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާ މައްސަލަ، އިންސާނީ ހައްގުތައް ހިމާޔަތްކުރަން މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތްކަމުގައިވާ، އެމްނެސްޓީ އިންޓަރނޭޝަނަލްއާ ހިއްސާކޮށްފިއެވެ.

ގުޅިފައިވާ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގެ އިސް ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޤާސިމް އިބްރާހީމް ހައްޔަރުކުރި މައްސަލަ އެމްނެސްޓީ އިންޓަރނޭޝަނަލްއާ ހިއްސާ ކޮށްފައިވަނީ އަމިއްލައަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އަމީން އިބްރާހީމާއި އެޕާޓީގެ އިސް މެންބަރެއް ކަމުގައިވާ ސޮބާހު ރަޝީދެވެ.

އަމީން ހޯމަ ދުވަހު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ މައްސަލައާއި އެމަނިކުފާނަށް ދައްކަމުންދާ ބިރު އަދި އިދިކޮޅު ލީޑަރުންނަޝާއި މެންބަރުންގެ އިތުރުން ނޫސްވެރިންނަށާއި އެކްޓިވިސްޓުނަށް ހުރި ބިރުވެރިކަން އެމްނެސްޓީ އިންޓަރނޭޝަނަލާ ހިއްސާ ކޮށްފައިވާ ކަމަށެވެ.

ޤާނޫން އަސާސީ އެކަށައެޅި ޚާއްޞަ މަޖިލީހުގެ ރައީސްކަން ކުރެއްވި ޤާސިމް އިބްރާހީމް ހައްޔަރު ކޮށްފައިވަނީ ޤާނޫން ތަކާއި ޚިލާފަށް ކަމަށް އިދިކޮޅު ފަރާތްތަކާއި ޤާނޫނީ ވަކީލުން ދަނީ ވިދާޅުވަމުންނެވެ. އަދި ޤާސިމް އިބްރާހީމް ހައްޔަރުކުރުމާ ގުޅިގެން އަތޮޅުތަކުގައިވެސް ދަނީ މުޒާހަރާ ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް